ކުރިން އަޑު ފެތުރިފައި ވަނީ އަސްޓްރާޒެނެކާ ވެކްސިން ޖެހުމުން ލޭގަނޑުވުމަށް މަގުފަހި ވާކަމަށެވެ. އެކަމާ ގުޅިގެން އެވެކްސިން ޖެހުން ޔޫރަޕްގެ ވަރަށް ގިނަ ގައުމުތަކުން މެދުކަނޑާލިއެވެ.
މިއަދު ޔޫރަޕިއަން މެޑިކަލް އޭޖެންސީ (އީ.އެމް.އޭ) އިން ހާމަކުރިގޮތުގައި އަސްޓްރާޒެނެކާ ވެކްސިން ޖެހުމުގެ ސަބަބުން ލޭގަނޑުވުމުގެ އިތުރަށް ތްރޮމްބޯސިސް ޖެހުމަށް މަގުފަހިވަމުން އެބަދެއެވެ.
އަސްޓްރާޒެނެކާ ވެކްސިން ޖެހުމުން ލޭގަނޑުވުމަށް މަގުފަހި ވުމުގެ އިތުރަށް ތްރޮމްބޯސިސް އާއި މި ވެކްސިންއާ ގުޅުމެއް ހުރިކަމަށް އީ.އެމް.އޭގެ އިސް އޮފިޝަލަކު، ކަމާ ބެހޭގޮތުން ބޭއްވި ނޫސް ކޮންފަރެންސެއްގައި ވަނީ ބުނެފައެވެ. މި ބަލި ޖެހުމަށް މަގުފަހި ކުރުވީ ވެކްސިންގައި ހުރި ކޮން މާއްދާއެއްގެ ސަބަބުން ކަމެއް އަދި ޔަގީނެއް ނުވެއެވެ.
އީ.އެމް.އޭގެ ވެކްސިން ޑިޕާރޓްމެންޓްގެ އިސް ވެރިޔާ މާރކޯ ކަވެލަރީ ވަނީ މިކަމާ ބެހޭގޮތުން އިތުރު މައުލޫމާތު ދެން ބާއްވާ ނޫސް ކޮންފަރެންސެއްގައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
One Response
ދެން އަޅޭ ރަނގަޅު އެއްގޮތެއްވެސް ގޮތެއްނެތެއްނޫންތޯއެވެ. ވަރަށް ދެރައެވެ.