އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ވެރިކަމަށް ކުރިމަތިލައްވާނެބާ؟

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަން ނިމުމާއެކު މުޅި އެމެރިކާގައި ސިޔާސީ ހަލަބޮލިކަން އިތުރުވެގެން ދިޔައެވެ. މި ހަލަބޮލިކަމުގެ ތެރެއިން ދެން އިވިގެންދިޔަ ވާހަކަ އަކީ 2024 ވަނަ އަހަރު އޮންނަ އިންތިޚާބުގައި ޓްރަމްޕް ބައިވެރިވެވަޑައިގަންނަވަން ގަސްތުކުރައްވާކަމުގެ ވާހަކަ އެވެ.

ޓްރަމްޕްގެ ސިޔާސީ ޕާރޓީ، ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ ސިޔާސީ ހަރަކާތްތައް އިތުރުވަމުންދާކަން އެ ގައުމުގެ މީހުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓްގެ މަގާމުގައި ހުންނެވި މައިކް ޕޮމްޕޭޔޯ ވަނީ އެމެރިކާގެ އެކި ސްޓޭޓްތަކަށް ދަތުރު ކުރައްވަން ފައްޓަވާފައެވެ. އަދި އޭނާ ވަނީ ފޮކްސް ނިއުސްއާ އެކު އެއްބަސްވުމެއްގައިވެސް ސޮއިކުރައްވާފައެވެ. މީގެ އިތުރުން ކުރީގެ ނައިބު ރައީސް ކަމުގައިވާ މައިކް ޕެންސް ވަނީ ސިޔާސީ ގްރޫޕެއް އިފުތިތާހު ކުރައްވާފައެވެ.

މިކަންކާމާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕްގެ އެޑްވައިޒަރ ޖެސަން މިލާރ ވަނީ އެމެރިކާގައި އެމީހަކު ބޭނުންގޮތަކަށް ކަންކުރުމުގެ މިނިވަންކަން އޮންނާނެކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން 2024 ވަނަ އަހަރު ޓްރަމްޕް އިންތިޚާބުގައި ބައިވެރިވެވަޑައިގަތުމަށް ގަސްތުކުރައްވައިފިނަމަ، ރިޕަބްލިކަން ޕާރޓީގެ މެމްބަރުންގެ ފުރިހަމަ ތާއީދު ޓަރްމްޕަށް ލިބޭނެކަމާމެދު އެއްވެސް ޝައްކެއްނެތް ކަމަށް މިލާރ ވަނީ ވިދާޅުވެފައެވެ.

ސައުތް ކެރޮލައިނާގެ ކުރީގެ ގަވަނރ، ނިކީ ހެއިލީ އަކީ 2024 ވަނަ އަހަރު އިންތިހާބަށް ކުރިމަތިލެއްވުމަށް ނިންމާފައިވާ ގިނަ ބަޔަކު ތާއިދު ކުރާ ކެންޑިޑޭޓެކެވެ. ނަމަވެސް ޑޮނަލްޑް ޓްރަމްޕް އިންތިޚާބުގައި ވާދަކުރައްވާނަމަ އޭނާ އިންތިޚާބުގައި ބައިވެރިވެވަޑައިނުގަންނަވާނޭކަމަށް ނިކީ ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިއަށް އޮތް އިންތިޚާބުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އަދި މިހާތަނަށް ދެއްވާފައެއް ނުވެއެވެ. ބައެއް މީހުން ދެކޭގޮތުގައި ރައީސްކަން ކުރެއްވުމުން އޭނާއަށް މިހާރު ލިބިވަޑައިގަންނަވާ އިނާޔަތްތައް ދޫކޮށްލައްވައި، އަލުން ވެރިކަމާއިގެން އޭނާ އަލުން، އުޅުއްވުމަކީ ވަރަށް ނާދިރުކަމެކެވެ. އެހެނަސް ޓްރަމްޕް އިންތިޚާބުގައި ބައިވެރިވެވަޑައިގަތުމަށް ގަސްތުކުރައްވައިފި ނަމަ، އޭނާއަށް އަދިވެސް އެމެރިކާގެ ގިނަ ބަޔެއްގެ ތާއީދު ލިބޭނެކަމަށް ކަމާބެހޭ މާހިރުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް