ރަމަޟާން މަހާ ގުޅިގެން މިސްކިތްތަކަށް ހިމާޔާތްތެރިކަން ދޭނެކަމަށް ފަރަންސޭސިވިލާތުން ބުނެފި

Loading

Facebook
Twitter
WhatsApp

ފަރަންސޭސި ވިލާތުގައި މުސްލިމުންނާ ދެކޮޅަށް ތަންފީޒުކޮށްފައިވާ ގާނޫނުތަކާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ އެ ގައުމަށް ގިނަ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

މުސްލިމް އަންހެނުން ބުރުގާ އެޅުމަށާއި ހަލާލުގޮތުގައި ޖަނަވާރު ކަތިލުން ވަނީ މި ގާނޫނުގެ ދަށުން މަނާކޮށްފައެވެ. ސަރުކާރުން މި ފަދަ ގާނޫނެއް ތަންފީޒުކުރުން ވެގެން ދިޔައީ މުސްލިމުންނަށް އެ ގައުމުގެ އެހެން ދީންތަކުގެ މީހުން ފުރައްސާރަކޮށް އުނދަގޫ ކުރުމަށް މަގުފަހި ކުރުވި ކަމަކަށެވެ. މިގޮތުން މިސްކިތްތަކުގެ ފާރުތަކުގައި ހަޑިހުތުރު ބަސްތައް ލިޔެ މިސްކިތަށް ދާ މުސްލިމުންނަށް އެ މީހުން ދަނީ އުނދަގޫ ކުރަމުންނެވެ.

ފަރަންސޭސިވިލާތުގައި ތަންފީޒުކޮށްފައިވާ ގާނޫނުގެ ސަބަބުން މުސްލިމުންގެ ހުރިހައި ކަމަކަށް ސަރުކާރުން ބާރުފޯރުވޭނެއެވެ. އަޅުކަން ކުރުމުގެ މިނިވަންކަމާއި، ތައުލީމު އުނގެނުމުގައި ލިބެންޖެހޭ ހަމަހަމަ ކަމާއި، ދަތުރު ފަތުރު ކުރުމުގައި ލިބެންޖެހޭ ރައްކާތެރި ކަމާއި، ވިޔަފާރިކޮށް އާމްދަނީ ހޯދުމަށްވެސް އެ ގާނޫނުގެ ސަބަބުން މުސްލިމުންނަށް ވަރަށް އުނދަގޫވާނެއެވެ.

ނަމަވެސް އިއްޔެ ފްރާންސްގެ އިންޓީރިއާ މިނިސްޓަރ ވަނީ ރަމަޟާންމަހާ ގުޅިގެން މިސްކިތްތަކަށް އިތުރު ހިމާޔަތްތެރިކަން ދޭން ގަސްތުކުރާކަމަށް ވިދާޅުވެފައެވެ. ފަރަންސޭސިވިލާތުން މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ ދުނިޔޭގެ އެހެން ގައުމުތަކުން ފަރަންސޭސިވިލާތަށް އަމާޒުކުރަމުންދާ ފާޑުކިޔުންތައް ކުޑަކުރުން ކަމުގައި ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

ރަމަޟާން މަހަކީ މުސްލިމުން އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރާ ހާއްސަ މައްސަރެކެވެ. އެހެންކަމުން އެ ގައުމުގެ މުސްލިމުންނަށް މިއަދު ކުރިމަތިވެފައިވާ ނިކަމެތި ހާލަތާމެދު ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ފަރަންސޭސި ވިލާތުން ހަދާފައިވާ އިސްލާމްފޯބިކް ގާނޫނު އުވާލުމަށް މީސްމީޑިޔާގައި ވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް