އީރާނުން ޔުރޭނިއަމް އުފެއްދާ މިންވަރު %60 އިތުރުކުރަން ނިންމައިފި

Loading

Facebook
Twitter
WhatsApp

އީރާނުގެ ރައީސް ޙަސަން ރޫޙާނީ މިދިޔަ އާދިއްތަ ދުވަހު ގައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އީރާނުން ޔުރޭނިއަމް އުފައްދާ މިންވަރު %60 އިތުރުކުރުމަށް މިހާރު ނިންމާފައި ވާކަމަށެވެ. އެގޮތަށް އީރާނުން ނިންމީ ދާދި ފަހުން އިޒްރޭލުން އީރާނުގެ ނިއުކްލިޔާ މަރުކަޒަކަށް ދިން ހަމަލާއަކާ ގުޅިގެންނެވެ.

އިޒުރޭލުގެ ހަމަލާގައި އީރާނުގެ ނިއުކްލިޔާ މަރުކަޒު، ނަންޓާޒްއިން ކަރަންޓު ކެނޑުނެވެ. މި ހަމަލާ ކުށްވެރިކުރައްވައި، މިއީ ނިއުކްލިޔާ ޓެރަރިޒަމް ގެ އަމަލެއްގެ ގޮތުގައި އިރާނުގެ ރައީސް ޙަސަން ރޫޙާނީ ވަނީ ސިފަކުރައްވާފައެވެ. އިޒްރޭލާއި ތަފާތުކޮށް އިރާނުން ނިއުކްލިޔާ ހަކަތަ އުފައްދަނީ ގާނޫނާއި ގަވައިދުގައި އަންގާފައިވާ ހުދޫދުގެ ތެރެއިން ބޭރުނުވާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ނިއުކްލިޔާ ހަކަތަ އުފެއްދުން އިތުރުކުރުމަށްޓަކައި ބޭނުންވާ ސާމާނުވެސް މިހާރު ހޯދަމުން ދާކަމަށްވެސް އީރާނުގެ ރައީސް ވިދާޅުވިއެވެ.

 

Loading

One Response

  1. ގަދަ. އެގައުމެއްގެ ސަލާމަތް ހޯދަނީ އެގައުމެއްގެ ކެރޭވެރީންނެވެ. ނިކަމެތިވަރަކަށް ނިކަމަތި ކޮއްލާނެއެވެ. އެކެން މިއަދު ޢަރަބި ދުނިޔެއިން އެދަނީ ފެންނަމުންނެވެ. އެމީހުންގެ ނުބައިވާހަކަ ތައްޔަތުންލައްވާ ގޮވަމުން އެމީހުންގެ އުނގަށް އެރިގެންނޫނީ ގައުމުވެސް ދިފާއުކުރެވެންނެތްވަރަށް މިއަދު އެގައުމުތައް އެވަނީ ބަލިކަށިކޮށްލާފައެވެ. ޔަހޫދީ އިޒްރޭލް އަތު ނެތް ހަދިޔާރެއް ނެތެވެ. އެތަކެތި ފޯރުކޮށްދެނީ ސީދާ އެމެރިކާއިންނެވެ. ނިއުކުލިޔަރ ހަތިޔާރުވެސް ބައިވަރެވެ. ބޮޑު ހެދިގެން އުޅޭ ރަސްރަސްކަލުންގެ އެއްވެސް ބާރެއްނެތެވެ. އެމީހުންގެ ބާރު ހަމަ އެކަނި ދެއްކެނީ އެގައުމުތަކުގެ ނިކަމެތި ރައްޔަތުންނަށް އެކަންޏެވެ. ޙާލަތު ބަދަލުވާން ޖެހެއެވެ. ނޫންތަ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް