ޖާސޫސްކޮށްދޭން އިންކާރުކުރުމުން އެމެރިކާގެ ރައްޔިތަކަށް ދަތުރުފަތުރު ނުކުރެވޭ ގޮތަށް ހަދައިފި

Loading

Facebook
Twitter
WhatsApp

ލެބަނާންގެ ނަސްލަށް ނިސްބަތްވާ މުސްލިމެއް ކަމުގައިވާ އަޙްމަދް ޗެބެލީއަކީ އެމެރިކާގެ ރައްޔިތެކެވެ. އޭނާ މިވަގުތު ހުރީ ލެބަނާންގައެވެ.

އެމެރިކާއަށް އައުން މަނާކޮށް ނޯ ފްލައި ލިސްޓުގައި އޭނާގެ ނަން ވަނީ އެމެރިކަން ސިވިލް ލިބަޓީސް ޔޫނިއަން (އޭ.ސީ.އެލް.ޔޫ)އިން ހިމަނާފައެވެ. އޭ.ސީ.އެލް.ޔޫއިން ބުނި ގޮތުގައި ނޯ ފްލައި ލިސްޓުގައި އަޙުމަދުގެ ނަން ހިމަނާފައި ވަނީ އެފް.ބީ.އައިގެ އެންގުމަކާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެޕްރީލް 6 ވަނަ ދުވަހު އަޙުމަދް ޗެބެލީވަނީ ރިޕޯޓެއް ނެރެފައެވެ. މި ރިޕޯޓުގައި އޭނާ ބުނެފައިވާ ގޮތުގައި 2018 ވަނަ އަހަރުގެ އޮގަސްޓު މަހު އެފް.ބީ.އައިއިން އޭނާއާ ވަނީ ބައްދަލުކޮށްފައެވެ. އޭނާއާ ބައްދަލު ކުރުމަށްޓަކައި ކޮންފަރެންސް ރޫމަކަށް ދިޔުމަށް އޭނާއަށް އިރުޝާދު ދެވުނެވެ. އެ ތަނުން އޭނާއާ ދިމާކޮށް ވާހަކަ ދެއްކި އެފް.ބީ.އައިގެ ދެ އޮފިޝަލުން ވަނީ އޭނާއާ ސިޔާސީ ކަންކަމާއި ދީނީ ގަބޫލުކުރުންތަކާމެދު ސުވާލުކޮށްފައެވެ. އަދި އެފް.ބީ.އައި އަށް ޖާސޫސްކުރާ މީހެއްގެ މަގާމާއި ހަވާލުވުމަށް އެމީހުން އަޙުމަދަށް ހުށަހެޅިކަމަށް އޭނާ ވަނީ ބުނެފައެވެ.

އަޙުމަދު އެކަމަށް އިންކާރުކޮށްފައިވާކަމަށާއި އޭނާ އެކަހަލަ ކަމެއްގައި ބައިވެރިވުމުން އާއިލާއަށް ދިމާވެދާނެ ނުރައްކަލަކާމެދު ބިރުގަންނަކަމަށް އެވަގުތުވެސް ބުނެފައި ވާނެކަމަށް ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. އެމެރިކާގައި މުސްލިމުންނާމެދު ގެންގުޅޭ ވިޔާނުދާ ވިސްނުންތަކުގެ ސަބަބުން މިފަދަކަމަކާއި ހަވާލުވުމުން ދިމާވެދާނެ ނޭދެވޭ އަސަރުތައް އަޙުމަދަށް ވަރަށް ރަނގަޅަށް އެނގޭކަމަށާއި އޭނާ މި ހުށަހެޅުން ގަބޫލުނުކުރީ އެކަމުގެ ސަބަބުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޖާސޫސްކުރުމަށް އެފް.ބީ.އައިއިން ހުށަހެޅި މަސައްކަތަށް އޭނާ އިންކާރުކުރުމުން އެމީހުން އޭނާއަށް ބިރުދައްކައި އޭނާ އަކީ ޓެރަރިސްޓެއް ކަމަށް ތުހުމަތުކޮށްފައިވާކަމަށްވެސް އޭނާވަނީ ބުނެފައެވެ. އަދި އޭނާއަށް މީގެފަހުން ދަތުރުފަތުރު ކުރުމުގެ ހުއްދަ ނުލިބޭނެކަމަށް ބުނެ އެމީހުން ވަނީ އޭނާއަށް އިންޒާރުދީފައެވެ.

ފާއިތުވި ދެ އަހަރުގެ ތެރޭގައި އަޙުމަދު ވަނީ އޭނާއަށް ދިމާވެފައިވާ ކަންތަކަށް ހައްލެއް ހޯދުމަށް ވަރަށް ގިނަ މަސައްކަތް ކޮށްފައެވެ. އޭނާ ކުރި މަސައްކަތުގެ ތެރެއިން މިފަދަ ހާދިސާތައް ދިމާވެފައިތިބި އެހެން މީހުންނާ އޭނާ ވަނީ ބައްދަލުކޮށްފައެވެ.

މިހާރު އަޙުމަދު ވަނީ މި މައްސަލަ ކޯޓަށް ހުށަހަޅާފައެވެ. މައްސަލައިގެ އަޑުއެހުންތައް އަވަސް މުއްދަތެއްގެ ތެރޭގައި ކުރިއަށް ދާނެކަމަށް ލަފާކުރެވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް