މެލޭސިޔާގެ އިމިގްރޭޝަން ސިސްޓަމް ބަޔަކު ހެކްކުރިކަން ފަޅާއަރައިފި

Loading

Facebook
Twitter
WhatsApp

މެލޭޝިޔާގެ އިމިގްރޭޝަން ރެކޯރޑްސް ހެކްކޮށް ބަޔަކުމީހުން އެކަމުގެ ނާޖާއިޒު ފައިދާ ނަގަމުންދާކަމަށް ދާދިފަހުން މެލޭޝިޔާ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ހާމަކޮށްފައެއެވެ.

އިމިގްރޭޝަން ސިސްޓަމް ހެކްކޮށް ބޭރު ގައުމުތަކުގެ މީހުންނަށް ވަގު އައިޑީ ވިއްކައިގެން އެ ގައުމަށް އެތެރެވެވޭގޮތަށް ހަދައިފާވާކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ. ލަފާކުރެވޭގޮތުގައި މިކަމަކީ 2017 ވަނަ އަހަރުން ފެށިގެން ކުރަމުން ގެންދާކަމެކެވެ. ހެކަރުންނަށް އެކަން ކުރެވުނީ އިމިގްރޭޝަން އޮތޯރިޓީގައި ތިބި ބައެއްގެ އެހީތެރިކަމާ އެކުގައި ކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ. އެފަރާތްތަކުގެ އެހީތެރިކަމާ އެކު ކޮމްޕިއުޓަރު ސިސްޓަމްތަކުގެ ޕާސްވޯޑްތަކާއި މުހިންމު މައުލޫމާތުތައް ހެކަރުން ހޯދާފައިވެއެވެ.

މިހާ ގިނަ ދުވަސް ވީއިރު މިކަން ސަރުކާރަށް ފާހަގަ ކުރެވިފައިނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި ދައުލަތަށް މިކަމުގެ ސަބަބުން ލިބުނީ ކިހާވަރެއްގެ ގެއްލުމެއްކަން ލަފާކުރާކަށް އަދި ނޭނގެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް