އެމެރިކާއިން ޖޭ އެންޑް ޖޭގެ ކޯވިޑް ވެކްސިން ޖެހުން މަނާކޮށްފި

Loading

Facebook
Twitter
WhatsApp

ޖޯންސަން އެންޑް ޖޯނަސަން ބްރޭންޑުން އުފައްދާފައިވާ ކޮރޯނާ ވައިރަހުގެ ވެކްސިން ޖެހުމާ ގުޅިގެން އެތެރެ ހަށީގެ ނިޒާމުތަކަށް ބުރޫއަރައި ލޭގަނޑުވުމުގެ ސަބަބުން އެމެރިކާގެ މީހެއް ވަނީ ދާދި ފަހުން ނިޔާވެފައެވެ. މިކަމާ ގުޅިގެން އެމެރިކާގައި ޖޯންސަން އެންޑް ޖޯނަސަން ކުންފުނިން އުފައްދާ ކޯވިޑް ވެކްސިން ޖެހުން ވަނީ މަނާކޮށްފައެވެ.

އަދި ހަމަ މިޔާއެކު ޖޭ އެންޑް ޖޭ ކުންފުނިން ވަނީ މި ވެކްސިން އުފެއްދުން ވެސް މިހާރު ހުއްޓާލާފައެވެ. ވެކްސިން ޖެހުމާ ގުޅިގެން ދިމާވާ މައްސަލަ ތަކާމެދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން މިފަދަ ކަންކަމާ މެދު އިހުމާލުނުވެ ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިސްކުރުމަށް މީހުން ދަނީ ގޮވާލަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް