ޖޭޕީގެ ރައީސްގެ މަގާމުން އަލީ ވަހީދު ވަކިކުރަނީ

    ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކެއް ކުރެވޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖުމްހޫރީ ޕާޓީ( ޖޭޕީ)ގެ ރައީސްގެ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަން ޕާޓީގެ ސުލޫކީ ކޮމިޓީއަށް ހުށަހަޅައިފި އެވެ.   އަލީ ވަހީދު ޕާޓީގެ ރައީސް ކަމުން ވަކިކުރަން ސުލޫކީ ކޮމިޓީއަށް ފޮނުވަން ނިންމީ ރޭ ބޭއްވި ޖޭޕީގެ 142 ވަނަ ކައުންސިލު ބައްދަލުވުމުގައެވެ.  އެ ބައްދަލުވުމުގައި ގާސިމް އިބްރާހީމްވެސް ބައިވެރިވަޑައިގެންފައި ވެއެވެ. އަލީ ވަހީދުގެ މައްސަލަ ސުލޫކީ ކޮމިޓީއަށް […]

އެމްޑީޕީގެ ނިންމުމަކީ ޑިމޮކްރަސީގެ ރޫހާ ހިލާފު ނިންމުމެއް، ހައްގުހޯދުމަށް މަސައްކަތްކުރާނަން: މަހްލޫފް

    އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ވާދަ ނުކުރެވޭނެ ގޮތަށް ނިންމުމަކީ ޑިމޮކްރަސީގެ ރޫހާ ހިލާފު ނިންމުމެއްކަމަށާ އިންތިހާބުގައި ވާދަކުރުމުގެ ހައްގު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް ޝާޒްލީ ޝަފީގް ސޮއިކުރައްވާ މަހުލޫފަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަށް މަހުލޫފް ޝަރުތު ހަމަނުވާ ކަމަށް ކޮމެޓީން ނިންމާފައިވާ ކަމަށެވެ. އަދި  އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު 2021 […]

ޕާކިން ސްލޮޓްތައް ގަރާޖްގެ ގޮތުގައި ރަޖިސްކުރެވޭގޮތް ހަދައިފި

  މާލޭ ސިޓީ ކައުންސިލުންދޭ ޕާކިން ސްލޮޓްތައް ވެހިކަލް ގަރާޖުގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށް މާލެ ސިޓީ  މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު މުއިއްޒު ވިދާޅުވީ ކައުންސިލާއި އެކު އެއްބަސްވުމެއް ހަދައިގެން ޕާކިން ސްލޮޓްތައް ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ މިއަދުގެ ނިޔަލަށް ރާއްޖެ އެތެރެކޮށްފައިވާ ވެހިކަލްތަކަށް ގަރާޖު ސްލޮޓްގެ ގޮތުގައި ޕާކިން ސްލޮޓްތައް މާލޭގެ އެކި ހިސާބުތަކުން […]

ކުޑަކުދިންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ފުލުހުން ފަށައިފި

  އައްޑޫ ސިޓީގައި ކުޑަކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފުލުހުން ފަށައިފިއެވެ. ފުލުހުން ބުނީ މިއީ އައްޑޫސިޓީ ގަން ޕޮސް ސްޓޭޝަނުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާ މި ޕްރޮގްރާމްގައި އެ ސިޓީގެ މަރަދޫ، މަރަދޫފޭދޫ އަދި ފޭދު ހިމެނޭހެން 9 އަހަރާއި 15 އަހަރާ ދެމެދުގެ 68 ކުދިން ބައިވެރިވެފައިވާކަމަށެވެ. ފުލުހުން ބުނީ ފަތަން ދަސްކުރަމާ 2021 ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ފެތުމުގެ ހުނަރުތައް ކުދިންނަށް ދަސްކޮށްދިނުމުގެ އިތުރުން މޫދަށް އެރިއުޅުމުގައި […]

އެކައުންޓަށް ފައިސާ ލިބުނުކަން ޔަގީން ކުރުމަށްފަހު ނޫނީ މުދާ ދޫނުކުރުމަށް ފުލުހުން އެދެފި

  ފިހާރަތަކުން މުދާ ގަތުމަށްފަހު ފައިސާ ފޮނުވި ކަމުގެ ސްލިޕް ދެއްކިނަމަވެސް އެކަންޓަށް ފައިސާ ލިބުނުކަން ޔަގީން ކުރުމަށްފަހު ނޫނީ މުދާ ދޫނުކުރުމަށް ފުލުހުން އެދިއްޖެއެވެ. ފަހަކަށް އައިސް ސައްހަ ނޫން ބެންކް ސްލިޕް ބޭނުންކޮށްގެން ފިހާރަތަކުން ވައްކަން ކުރުން ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ވިޔަފާރިވެރިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް އިއްޔެ  ފުލުހުން ވަނީ ކުރިއަށް ގެންގޮސްފިއެވެ. ފުލުހުން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، މާލޭގެ އުތުރުފަރާތު ބަނދަރު ސަރަހައްދުގެ 147 ފިހާރައަކަށް ފުލުހުން ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، […]

ކުނިނެގުމާ ގުޅޭގޮތުން ވެމްކޯއިން ނެރުނު ބަޔާން މޭޔަރު ދޮގުކުރައްވައިފި

    މާލެ ސިޓީގެ ގޭގެއިން ނެރޭ ކުނި ބޭރުގައި ބެހެއްޓުމުގެ ބަދަލުގައި ގޭގެއިން ކުނި ނަގާގޮތަށް ނިންމާފައި ނުވާކަމަށް ބުނެ ވެމްކޯއިން ނެރުނު ބަޔާން މާލެސިޓީގެ މާޔަރު ޑރ. މުހައްމަދު މުއިއްޒު ދޮގުކުރައްވައިފިއެވެ.   ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގޭގެއިން ބޭރަށް ކުނި ނެރެން އެންގި އެންގުން ނިމުމަކަށް ގެނައުމަށް ނިންމާފައިވާ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު މީގެ ދެ ދުވަހެއް ކުރިން ވަނީ ވިދާޅުވެފައެވެ. ތާޖުއްދީން ސްކޫލުގައި ބުރާސްފަތި ދުވަހުގެ […]

ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކެއް ކުރެވޭ އަލީ ވަހީދު ގެންނަން ފުލުހުންގެ އެހީ ހޯދަނީ

    ޖިންސީ ގޯނާގެ ގިނަތުހުމަތުތަކެއް ކުރެވޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ސުޕްރީމް ކޯޓުން އިއްޔެ އިއްވި ޖަލު ހުކުމާ ގުޅިގެން އެ ހުކުމް ފުރިހަމަކުރަން ރާއްޖެ ގެންނަން ފުލުހުންގެ ކިބައިން އެދޭނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސާސް އިން ބުނެފި އެވެ.   އަލީ ވަހީދަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލަ ކޯޓުގައި ކުރިއަށްދާއިރު އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރުވާން އޮތީ އަމަރުކޮށްފަ އެވެ.   ނަމަވެސް ކޯޓަށް ހާޒިރު […]

އަފީފުގެ މައްސަލަ ޕީޖީ ގުރޫޕަށް ހުށަހަޅައިފި

  ރައީސް އިބްރާހީމް މުހައްމަދު ސާލިހަކީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމަށް ދޭހަވާ ގޮތަށް ވިލުފުށި ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން އަފީފް ވާހަކަދެއްކެވުމާއި ގުޅިގެން އެ މައްސަލަ ބެލުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ހުށަހަޅައިފި އެވެ. މި މައްސަލަ ޕީޖީ ގުރޫޕަށް ހުށަހެޅުއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ. އެމްޑީޕީ ތެރޭގައި ގިނަ މައްސަލަތައް އުފެދި ކޯޅުންތައް އުފެދިފައިވާއިރު އެމްޑީޕީގެ ބައެއް މެންބަރުން ދަނީ ރައީސް ސާލިހު […]

ހުއްދަނެތި ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތް ކުރަނިކޮށް އެކަން ހުއްޓުވައިފި

    ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތް ކުރަން ހުއްދަ ނުދެނީސް ފްލެޓެއްގެ ފިނިޝިން މަސައްކަތް ކުރަނިކޮށް އެކަން ހުއްޓުވައި އެކަން ވީގޮތް ބަލަން ފަށައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފްލެޓް ލިބުނު ފަރާތުން ފްލެޓްގައި ތަށިމުށި ޖެހުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ފްލެޓްތައް ލިބުނު ފަރާތްތަކާއެކު އިސްވެ މަސައްކަތްކުރާ އާންމުންގެ އެކުވެރި ގުޅުމުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހިޔާގެ އެޗް 16 ވަނަ ފްލެޓްގެ ތެރޭގައި ތަށިމުށި ޖަހަމުންދިޔަ މަންޒަރު އިއްޔެ […]

ހެނބަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމާލައިފި

  ނ. ހެނބަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. ހެނބަދޫއަކީ  700 މީހުންގެ އާބާދީއެއް އޮންނަ އެންމެ 14 ހެކްޓަރުގެ މި ކުޑަ ރަށެކެވެ. ޒަމާނުއްސުރެ ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ންނެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއުގެ މަސައްކަތް މިމަހު ދޭއްގައި  ނިމިފައިވާކަމަށެވެ އެ ކުންފުނިން ބުނީ ފަސް މިލިއަން ރުފިޔާގެމި މަޝްރޫއުގެ ދަށުން ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 5000 […]