އަފީފުގެ މައްސަލަ ޕީޖީ ގުރޫޕަށް ހުށަހަޅައިފި

Loading

Facebook
Twitter
WhatsApp

 

ރައީސް އިބްރާހީމް މުހައްމަދު ސާލިހަކީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމަށް ދޭހަވާ ގޮތަށް ވިލުފުށި ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން އަފީފް ވާހަކަދެއްކެވުމާއި ގުޅިގެން އެ މައްސަލަ ބެލުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ހުށަހަޅައިފި އެވެ.

މި މައްސަލަ ޕީޖީ ގުރޫޕަށް ހުށަހެޅުއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ.

އެމްޑީޕީ ތެރޭގައި ގިނަ މައްސަލަތައް އުފެދި ކޯޅުންތައް އުފެދިފައިވާއިރު އެމްޑީޕީގެ ބައެއް މެންބަރުން ދަނީ ރައީސް ސާލިހު ސަރުކާރު ހިންގަވަނީ އެމްޑީޕީ ދުރުކޮށް ކޯލިޝަން ޕާޓީ އިސްކޮށްގެން ކޯލިޝަން އިން ބޭނުންވާ ގޮތަށް ކަމަށް ތުހުމަތުކޮށް ވާހަކަ ދައްކަވަމުންނެވެ.

އަފީފު ވެސް ވަނީ އެފަދަ ތުހުމަތުތަކެއް ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސް ސާހިލު މަސައްކަތް ކުރައްވާގޮތުން އެމަނިކުފާނަކީ އަދާލަތު ޕާޓީގެ މެންބަރެއްތޯ ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހަބަރު ޕްރަގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ހަސަން އަފީފް ވިދާޅުވީ ރައީސް ސާލިހްގެ އެންމެ އަރިސް ބޭފުޅުންގެ ގޮތުގައި ތިއްބެވީ އަދާލަތު ޕާޓީގެ މެންބަރުން ކަމަށެވެ. އަދި ރައީސް ސާލިހުވެސް އަދާލަތުގެ މެންބަރަކަށް ވެވަޑައިނުގަންނަވާ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށްވެސްއޭނާވިދާޅުވިއެވެ.

ހަސަން އަފީފްގެ މައްސަލަ ޕީޖީ ގުރޫޕަށް ހުށަހަޅާފައި ވަނީ އޭނާ ދެއްކެވި ވާހަކަތައް ބައްލަވާ އެފަދަ ވާހަކަތައް ހުއްޓުވައިދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހް ހަސަން ލަތީފަށް ގުޅުއްވާ އެ މައްސަލަ ހުށަހެޅުއްވުމުންނެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސލިހު ވިދާޅުވީ ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދޭނެ ފަދަ ކަންކަން ކުރުމަށް ފުރުސަތެއް ދީގެން ނުވާނެ ކަމަށެވެ.

ހަސަން އަފީފް ފަދަ ސީނިއާ ބޭފުޅަކު އެފަދަ ވާހަކައެއް ދެއްކެވުމުން އެކަން ބެއްލެވުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށާއި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމަށް އަންގަވާފައިވާ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
އަފީފް މީގެ ދެ ދުވަހެއް ކުރިން ވަނީ ރައީސާ ގުޅުވައިގެން އޭނާ ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާއަށް ފިޔަވަޅު އަޅަން ރައީސް ސާލިހް އެންގެވި ކަމަށް ޓީވީ ޕްރޮގްރާމެއްގައި ހާމަކުރައްވާފައެވެ.

Loading

One Response

  1. އަފީފު އޯކޭ ވާނެއެވެ. ކޮންމެވެސް އައިޖީއެމްއެޗް ސަޕްލައި ކޮންޓްރެކްޓެއް ކުޑަ ބަންދޭލައްވާ ދިނީމާ އޯކޭވާނެ. ދެން ރައީސް ސޯލިޙު ކޮޅަށް އޯކޭ ވާނެއެވެ. ނޯ ޕްރޮބްލަމް. ބާރަށް ކުރިއަށް….

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް