އަނެއްކާވެސް އެމެރިކާގެ ސުޕަރ އެއާރކްރާފްޓް ކެރިއަރެއްގައި އަލިފާނުގެ ހާދިސާއެއް

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ނޭވީ ނިއުކްލިއަރ-ޕަވަރ ސުޕަރ އެއާރކްރާފްޓް ކެރިއަރ ޔޫ އެސް އެސް ޑްވައިޓް އައިޒަންހާވަރގެ ފޮޓޯއެއް
އެމެރިކާގެ ނޭވީ ނިއުކްލިއަރ-ޕަވަރ ސުޕަރ އެއާރކްރާފްޓް ކެރިއަރ ޔޫ އެސް އެސް ޑްވައިޓް އައިޒަންހާވަރގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް މެދުވެރިވެ ނޭވީންގެ 3 މީހަކު ޒަޚަމް ވެއްޖެއެވެ. މިއީ މިއަހަރު އެ އުޅަނދުގައި އަލިފާނުގެ ހާދިސާ މެދުވެރިވި ދެވަނަ ފަހަރެވެ.

މިފަހަރު އަލިފާނުގެ ހާދިސާ މެދުވެރިވި ސަބަބަކާއި ތަނެއް ހާމަކޮށްފައެއް ނުވެއެވެ. އެއާރކްރާފްޓް ކެރިއަރ މަރާމާތު ކުރުމަށްޓަކައި މިހާރުވަނީ ނޯރފޯކް ނޭވަލް ސްޓޭޝަނަށް ގެންގޮސްފައެވެ. މިފަހަރު މެދުއިރުމައްޗަށް ފޮނުވުމުގެކުރިން 16 މަސްދުވަސް ވާންދެން އެ އުޅަނދު ވަނީ މަރާމާތުކޮށްފައެވެ. އެފަހަރު މަރާމާތު ކުރުމުގެ ތެރޭގައި އާންމުކޮށް މަރާމާތުކުރާ ކަންތައްތަކުގެ އިތުރުން ގިނަ ވަސީލަތްތަކެއްވެސް ވާނީ އަޕްގްރޭޑް ކޮށްފައިކަމަށް ނޭވީންގެ ފަރާތުން މައުލޫމާތު ދީފައި ވެއެވެ.
ނިއުކްލިއަރ-ޕަވަރ ސުޕަރ އެއާރކްރާފްޓް ކެރިއަރ ޔޫ އެސް އެސް ޑްވައިޓް އައިޒަންހާވަރގެ އެންމެބޮޑަށް ފާހަގަކުރެވިގެންދިޔައީ 1990 ވަނައަހަރު އެމެރިކާއާއި ގުޅިފައިވާ ލަޝްކަރުތަކުން އިރާގާ ދެކޮޅަށް ހިންގި ހަނގުރާމަ “ ޑެޒާރޓް ސްޓޯމް “ ގައި ދުނިޔޭގެ ތާރީޚުގައި ނިއުކްލިއަރ-ޕަވަރ އެއާރކްރާފްޓް ކެރިއަރ އެއް އެންމެ ފުރަތަމަ ފަހަރު ސުއޭޒް ކެނަލް ހުރަސްކުރުމުންނެވެ.
1979 ވަނައަހަރުގެ އިންގިލާބާ ގުޅިގެން އީރާނުގެ ކިޔަވާކުދިންތަކެއް އީރާނުގައިހުރި އެމެރިކާ އެމްބަސީއަށް ވަދެގަނެ އެތަނުގެ މުއައްޒިފުން ރަހީނުކޮށްގެން ގެއްގުޅުނު ދުވަސްވަރު އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގި އީގަލް ކްލޯ ނަންދެވުނު މިލިޓްރީ ހަރަކާތުގައި ބޭނުންކުރި އެމެރިކާގެ ނޭވީ ނިއުކްލިއަރ-ޕަވަރ އެއާރކްރާފްޓް ކެރިއަރ ޔޫ އެސް އެސް ޑްވައިޓް އައިޒަންހާވަރ މިހާރު ހިނގަމުންދާ ހަނގުރާމައިގާ މެދުއިރުމައްޗަށް ފޮނުވާފައިވަނީ ލިޓަނީ ނުވަތަ މިސްކިތު ވަކަރުގެ ގޮތުގައިކަން ފާހަގަ ކުރެވެއެވެ.
މީގެ މަސްދުވަސްކުރިން އެމެރިކާ ނޭވީންގެ ޔޫ އެސް އެސް ޖެރާލްޑް އާރ ފޯރޑް ގައި ހިނގި އަލިފާނުގެ ހާދިސާ ނިންވާލަން 30 ގަޑިއިރު ހޭދަވެގެންދިޔައެވެ. އެއަށްފަހު މަރާމާތު ކުރުމަށްޓަކައި ކްރޮއޭޝިއާގެ ސްޕްލިޓް ބަނދަރަށް އެ އުޅަނދު ވަނީ ފޮނުވާފައެވެ. މަރާމާތުތަކަށްފަހު އަނެއްކާވެސް ޔޫ އެސް އެސް ޖެރާލްޑް އާރ ފޯރޑް މެދުއިރުމައްޗަށް ދަތުރު ފަށާފައިވާކަމަށް ޚަބަރުތަކުގައި ބުނެފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް