ކުޑަކުދިންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ފުލުހުން ފަށައިފި

Loading

Facebook
Twitter
WhatsApp

 

އައްޑޫ ސިޓީގައި ކުޑަކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ މިއީ އައްޑޫސިޓީ ގަން ޕޮސް ސްޓޭޝަނުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާ މި ޕްރޮގްރާމްގައި އެ ސިޓީގެ މަރަދޫ، މަރަދޫފޭދޫ އަދި ފޭދު ހިމެނޭހެން 9 އަހަރާއި 15 އަހަރާ ދެމެދުގެ 68 ކުދިން ބައިވެރިވެފައިވާކަމަށެވެ.

ފުލުހުން ބުނީ ފަތަން ދަސްކުރަމާ 2021 ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ފެތުމުގެ ހުނަރުތައް ކުދިންނަށް ދަސްކޮށްދިނުމުގެ އިތުރުން މޫދަށް އެރިއުޅުމުގައި ކަމެއް ދިމާވެއްޖެ ހާލަތުގައި އަމަލު ކުރާނެ ގޮތުގެ މައުލޫމާތާއި ތަމްރީނު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މޫދަށް އެރިއުޅުމުގައި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދޭންޖެހޭ ކަންކަމުގެ މައުލޫމާތުވެސް ކުދިންނާ ހިއްސާކުރާނެކަމަށް ވެސް ފުލުހުން ބުނެއެވެ.

ފަތަން ދަސްކޮށްދޭ މި ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ އިއްޔެ އިން ފެށިގެން އަންނަމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފުލުހުން ބުނީ  މި ޕްރޮގްރާމްގައި ކުދިންނަށް ފަތަން ދަސްކޮށްދޭނީ ސެޓިފައިޑް އިންސްޓްރަކްޓަރުން ކަމަށާ މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ކުދިންނަށް ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތަކާއެކުކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް