އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ދައުލަތުން އެކިގޮތްގޮތަށް އަނިޔާލިބިފައިތި ފަރާތްތަކަށް އިންސާފު ހޯދައިދުނުމަށް މި ސަރުކާރުން އުފެއްދި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށައަޅަން ހުޅުވާލައިފައިވާ މުއްދަތު އިތުރުކޮށްފިއެވެ. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު މިހާރުވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. އެ އޮފީހުން ކުރިން ހުޅުވައިލީ ޖޫން 13 އިން  13 އޯގަސްޓް  ނިޔަލަށެވެ. އެ އޮފީހަށް 1 ޖެނުއަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ދެމެދު […]

ގޮއިދޫގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

  ށ. ގޮއިދޫގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ. އެމްޑަބްލިއުއެސްސީން މިއަދު ބުނީ މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ ގޮއިދޫއަށް ގެންގޮސްފައިވާކަމަށާ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ އިމާރާތުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫއުގެ ދަށުން ގޮއިދޫގައި 12.07 ކިލޯމީޓަރުގެ ދިގު ފެންހޮޅީގެ ނެޓްވޯކެއް ގާއިމުކުރުމަށް ވަނީ ހަމަޖައްސާފައެވެ. އަދި […]

މަތިވެރީ ޒުވާނުންގެ ޖަމިއްޔާ އަކުން ލޯފަން މީހަކަށް އުމްރާ ދަތުރެއް ދީފި

  އއ.މަތިވެރީ ޖަމިއްޔާއަކުން ލޯފަން މީހަކަށް އުމްރާ ދަތުރެއް ދީފިއެވެ. މަތިވެރީ އެސޯސިއޭޝަން ފޯ ރެކްރިއޭޝަން އެންޑް ސްޕޯރޓް (މާރންސް)އިން މި އުމްރާ ދަތުރު ދީފައިވަނީ އެރަށު ލޯފަން މީހެއް ކަމުގައިވާ ނޫރާނީފެހި، އަބްދުއްލާ ނައީމަށެވެ. މާރންސް ޖަމްއިއްޔާ އިން ބުނީ މި އުމްރާދަތުރަކީ އެރަށުގެ ރައްޔިތުން ދީނީގޮތުން މީހުން ހޭލުންތެރި ކުރުމަށާއި، ދީނީ އަޅުކަންތަކަށް މީހުންނަށް ފުރުސަތު ތަނަވަސްކޮށް އެ ފަދަ އަޅުކަންތައް ކުރުމަށް ދަތިތައް ކުރިމަތި ވެފައި ތިބޭ މީހުންނަށް ފުރުސަތު ހޯދައި ދިނުމުގެ ގޮތުން […]

ވަކީލަކު އައްޔަންކުރަން މުއިއްޒުއަށް 10 ދުވަސް ދީފި

  މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު  ޑރ. މުހައްމަދު މުއިއްޒުގެ މަށްޗަށް ނޫމަޑި މައްސަލައިގައި އުފުލާފައިވާ ދައުވާ އާއި ގުޅިގެން ދިފާއީ ވަކީލަކު އައްޔަންކުރުމަށް 10 ދުވަހުގެ މުއްދަތެއް ޝަރީއަތުން ދީފިއެވެ. މުއިއްޒުގެ މަށްޗަށް ސަރުކާރުން އުފުލާފައިވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލާގައި ދޮގު ބަޔާން ދިންކަމުގެ ކުށުގެ ދައުވާއެވެ. […]

ރައީސް ޔާމީނާ ދެކޮޅަށް 86 ހެއްކެއް ދައުލަތުން ހުށަހަޅައިފި

  ކުރީގެ ރައީސް އަބްދުއްލާ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާއާއި، ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ މައްސަލާގައި އެމަނިކުފާނާ ދެކޮޅަށް، 86 ހެއްކެއް ދައުލަތުން ހުށައަޅައިފިއެވެ. މި ހެކިންގެ ތެރޭގައި އެމަނިކްފާނުގެ އެންމެ އަރިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ އިބްތިދާއީ އަޑުއެހުމެކެވެ. މި އަޑުއެހުމުގައި މިއަދު ދެ ފަރާތުން ވެސް ވަނީ ހެކި ހާމަކޮށްފައެވެ. މަނީލޯންޑަރިންގެ ކުށް ސާބިތުވެ، […]

ވެކްސިން ފުރިހަމަކޮށްފައިވާ ފަރަތްތަކަށް ނޫނީ ސްކޫލު ތަކަށް ނުވަދެވޭނެ: އެޑިއުކޭޝަން

    ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ނޫނީ ސްކޫލުތަކަށް ނުވަދެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އަންނަ މަހުން ފެށިގެން ސްކޫލުތަކަށް ވަދެ ނިކުމެވޭނީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް އެކަނި ކަމަށް ހަމަޖައްސާފައިވާ ކަމަށެވެ. މިގޮތަށް އަމަލުކުރުމަށް ނިންމީ ދަރިވަރުންގެ ކިޔެވުން ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށާއި ކޮވިޑް-19 އިން ރައްކާތެރިވުމަށް ސްކޫލުތަކުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކަމަށް ވެސް އެޑިއުކޭޝަނުން ބުނެއެވެ. ވެކްސިން ފުރިހަމަ […]

ވިލިމާލޭގައި ކުޑަކުދިންގެ ޕާކެއް ހަދައިދޭނެ ބަޔަކު ހޯދަނީ

ވިލިމާލޭގައި ކުޑަކުދިންގެ ޕާކެއް ހައިދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާނު ކޮށްފި އެވެ. ސިޓީ ކައުންސިލުން ވަނީ އަމިއްލަ ތަކެތީގައި ވިލިމާލޭގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރުމަށް ޝައުގުވެރިވރިވާ ފަރާތެއް ހޯދުމަށް އިއުލާނެއް ކޮށްފައެވެ. މިކަމަށް ޝަޢުގުވެރިވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށާއި، އަގުހުށަހެޅުއްވުމަށް މާލޭ ސިޓީ ކައުންސިލް އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނަށް ދިއުމަށް ވެސް އެ އިއުލާނުގައި ވެއެވެ. މި މަޝްރޫއާ ގުޅޭ މައުލޫމާތު ދިނުން އޮތީ އޮގަސްޓް 22 ވަނަ ދުވަހުގެ ހެނދުނު […]

ވިލިމާލޭގައި ދިރިއުޅޭފަރާތްތަކަށް ހާއްސަ ޕާކިން ޒޯނެއްގައި މާލޭގައި ހަދައިފި

  ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން  ޕާކިން ޒޯނެއް މާލޭގައި ހަދައިފިއެވެ. ހަތަރު ފުރޮޅުލީ އުޅަނދު ފަހަރަށް ހާއްސަކޮށްފައިވާ މިޕާކިން ޒޯން ހަދާފައިވަނީ ވިލިމާލެ ފެރީޓާމިނަލް ސަރަހައްދުން ސުނާމީ ބިނާ މައިޒާން ކުރިމަތީ ބޮޑުތަކުރުފާނުމަގުގައެވެ. މާލޭސިޓީކައުންސިލުން ބުނީ މި ޕާކިން ޒޯނުން ޖާގަ ދޫކުރަން ހަމަޖައްސާފައިވާނީ ވިލިމާލޭގެ ރަށްވެހިންގެ ގޮތުގައި ރަށްވެހިވެފައިވާ ފަރާތްތަކަށާއި، ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ކަމަށެވެ. ސިޓީކައުންސިލުން ބުނީ ޖުމްލަ 20 ޖާގަ ހިމެނޭ މި ޕާކިންޒޯނުގައި ޖާގަތައް ދިނުމަށް ހަމަޖެހިފައިވަނީ ވިލިމާލޭ ރަށްވެހިންނަށް […]

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ޕާކިންޒޯންތައް އެހެންފަރާތްތަކުން ބޭނުންނުކުރުމަށް މޭޔަރު އެދިވަޑައިގެންފި

  ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ބޭނުންކުރުމަށް މާލޭ އެކިސަރަކައްދުތަކުގައި ގާއިމްކޮށްފައިވާ ޕާކިން ޒޯންތަކުގައި އެހެނިހެން ފަރާތްތަކުން ބޭނުންނުކުރުމަށް ސިޓީ މޭޔަރު އެދިވަޑައިގެންނަވައިފިއެވެ. މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައވިވާ ޕާކިންޒޯންތަކުންގައި އެހެނިހެން ފަރާތްތަކުން ޕާކުކުރުމަކީ ވަރަށް ދެރަކަމެއްކަމަށާ އެކަން އެގޮތަށް ނުކުރުމަށް އެދިވަޑައިގަންނަވާކަމަށެވެ. “ މިގޮތަށް ނުހެއްދުމަށް ވަރަށްބޮޑަށް އެދެން. ހާއްސަ އެހީއަށް ބޭނުންވާ ފަރާތަކަށް ހާއްސަކޮށްފައިހުންނަ ސްލޮޓް އެއްގަ އެހެންފަރާތްތަކުން ޕާކް ކުރުމަކީ […]

އޮސްޓްރޭލިއާއިން ރާއްޖެއަށް 3.5 ޓަނުގެ ޕީޕީއީ ސާމާނު ހަދިޔާކޮށްފި

    އޮސްޓްރޭލިއާ ސަރުކާރުން 3.5 ޓަނުގެ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ސާމާނު ރާއްޖެއަށް ހަދިޔާކޮށްފިއެވެ. އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން އެ ތަކެތި ދިވެހި ސަރުކާރާއި ހަވާލު ކޮށްފައި ވަނީ އިއްޔެ ސްރިލަންކާގައި ހުންނަ އޮސްޓްރޭލިއާ ހައިކޮމިޝަނުގަ އެވެ. އޮސްޓްރޭލިއާއިން ބުނީ މި ތަކެއްޗަކީ ކޮވިޑް-19 އާއި ދެކޮޅަށް ކުރީ ސަފުގައި ހަރަކާތްތެރިވާ ހިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް ހަދިޔާކޮށްފައިވާ ސާމާނުތަކެއްކަމަށެވެ. މި ތަކެތީގެ ތެރޭގައި ހިމެނެނީ 8،500 ޕީޕީއީ، 137,500 އަންގި، […]