އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

Loading

Facebook
Twitter
WhatsApp

ދައުލަތުން އެކިގޮތްގޮތަށް އަނިޔާލިބިފައިތި ފަރާތްތަކަށް އިންސާފު ހޯދައިދުނުމަށް މި ސަރުކާރުން އުފެއްދި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށައަޅަން ހުޅުވާލައިފައިވާ މުއްދަތު އިތުރުކޮށްފިއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު މިހާރުވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. އެ އޮފީހުން ކުރިން ހުޅުވައިލީ ޖޫން 13 އިން  13 އޯގަސްޓް  ނިޔަލަށެވެ.

އެ އޮފީހަށް 1 ޖެނުއަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ދެމެދު ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތަކުގެ މައްސަލަތައް ލެވޭނެއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ އިންތިގާލީ އިންސާފުގެ ގާނޫނު ދަށުން އުފެއްދައްދާފައިވާ އޮފީހެކެވެ. މި  އޮފީސް އުފެއްދީ މިދިޔައަހަރުގެ ޑިސެމްބަރު މަހުގައެވެ.

އިންތިގާލީ އިންސާފްގެ ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެ އަލުތަކަށް ޒިންމާވާ ފަރާތްތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަވާބުދާރީކުރުވައި، އެފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް ޙައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދައިދިނުން ހިމެނެއެވެ.

އަދި  ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކުރުމަކީ ވެސް މިގާނޫނުގެ އެއް މަގްސަދެވެ.

އެ އޮފީހުން ކޮށްފައިވާ އިއުލާނުގައި ބުނީ އެ އޮފީހަށް މައްސަލަ ހުށަހަޅާނީ އޮފީހުގެ މައްސަލަ ހުށަހަޅާ ފޯމުންކަމަށެވެ.  އަދި ބަދަލު ހޯދުމަށް އެދޭ ނަމަ، ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް، އެ ފޯމްތަކުގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކާ އެކު، އެ އޮފީހުގެ އީމެއިލް އެޑްރެސް[email protected] އަށް ނުވަތަ އޮފީސް ހުޅުވާފައި ހުންނަ ވަގުތުތަކުގައި އޮފީހުގެ ކައުންޓަރަށް ހުށަހެޅޭނެ ކަމަށް އިއުލާނުގައިވެ އެވެ.

މައްސަލަ ހުށަހަޅާ ފޯމާއި ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމް އެއޮފީހުގެ ވެބްސައިޓު www.otj.gov.mv އަދި އޮފީސް ހުޅުވާފައި ހުންނަ ގަޑިތަކުގައި އޮފީހުގެ ކައުންޓަރުން ލިބޭނެ އެވެ.

އިންތިގާލީ އިންސާފުގެ އޮފީހަށް މިހާރުވެސް 80 އަށްވުރެ ގިނަ މައްސަލަ ވަނީ ހުށަހަޅާފައެވެ. އަދި އޭގެތެރެއިން 19 މައްސަލައެއް ބަލަމުންދާކަމަށްވެސް އެ އޮފީހުން ބުނެއެވެ.

އެ އޮފީހުން ހާމަކުރާގޮތުގައިހުށައަޅާފައިވާ ގިނަ މައްސަލަތަކަކީ މަދަނީ މައްސަލަތަކެވެ. އެގޮތުން އެފަދަ 78 މައްސަލައަކާއި ޖިނާއީ މައްސަލައިގެ ގޮތުގައި 6 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި އެ އޮފީހަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން 57 މައްސަލަ ހުށަހަޅާފައިވަނީ މައްސަލަ ހުށައަޅާ ފޯމް މެދުވެރިކޮށް ކަމަށާއި އަދި 27 މައްސަލަ ހުށަހަޅާފައިވަނީ ބަދަލު ހޯދުމަށް ހުށައަޅާ ފޯމް މެދުވެރިކޮށްކަމަށްވެސް އިންތިގާލީ އިންސާފުގެ އޮފީހުން މައުލޫމާތުދެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް