މަތިވެރީ ޒުވާނުންގެ ޖަމިއްޔާ އަކުން ލޯފަން މީހަކަށް އުމްރާ ދަތުރެއް ދީފި

Loading

Facebook
Twitter
WhatsApp

 

އއ.މަތިވެރީ ޖަމިއްޔާއަކުން ލޯފަން މީހަކަށް އުމްރާ ދަތުރެއް ދީފިއެވެ.

މަތިވެރީ އެސޯސިއޭޝަން ފޯ ރެކްރިއޭޝަން އެންޑް ސްޕޯރޓް (މާރންސް)އިން މި އުމްރާ ދަތުރު ދީފައިވަނީ އެރަށު ލޯފަން މީހެއް ކަމުގައިވާ ނޫރާނީފެހި، އަބްދުއްލާ ނައީމަށެވެ.

މާރންސް ޖަމްއިއްޔާ އިން ބުނީ މި އުމްރާދަތުރަކީ އެރަށުގެ ރައްޔިތުން ދީނީގޮތުން މީހުން ހޭލުންތެރި ކުރުމަށާއި، ދީނީ އަޅުކަންތަކަށް މީހުންނަށް ފުރުސަތު ތަނަވަސްކޮށް އެ ފަދަ އަޅުކަންތައް ކުރުމަށް ދަތިތައް ކުރިމަތި ވެފައި ތިބޭ މީހުންނަށް ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގެ ދަށުން ދިން އުމްރާދަތުރެއްކަމަށެވެ.

މާރންސް ޖަމިއްޔާއިން ބުނީ ނައީމަކީ ލޯފަން މީހަކަށް ވީނަމަވެސް އޭނާ އަކީ ދީނީ ކަންކަމަށް ވަރަށް ބޮޑަށް ލޯބިކުރާ، ބަރާބަރަށް ނަމާދު އަދާކުރަމުންދާ މީހެއްކަމަށެވެ.

އެ ޖަމިއްޔާ އަކީ މަތިވެރީގެ ތަރައްގީއަށާއި، ރަށުގެ އިޖުތިމާއީ ކަންކަމުގައި ހަރަކާތްތެރިވާ ޖަމްއިއްޔާއެކެވެ. އެގޮތުން ރަށުގައި ހިންގާ ހިންގާ އެކި އެކި މުބާރާތްތަކާއި، އާންމު ފަރުދުންނާއި ގުޅުންހުރި ގިނަ ކަންކަމުގަ އާއި މަސައްކަތްތަކުގައި މާރންސް ދަނީ އިސްވެ މަސައްކަތް ކުރަމުންވެ.

މާރންސް ވަނީ މިދިޔަ ރޯދަ މަހު އެރަށުގެ ހުރިހާ ގެއަކަށް މުސްހަފު ވެސް ހަދިޔާ ކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް