ވިލިމާލޭގައި ދިރިއުޅޭފަރާތްތަކަށް ހާއްސަ ޕާކިން ޒޯނެއްގައި މާލޭގައި ހަދައިފި

Loading

Facebook
Twitter
WhatsApp

 

ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން  ޕާކިން ޒޯނެއް މާލޭގައި ހަދައިފިއެވެ.

ހަތަރު ފުރޮޅުލީ އުޅަނދު ފަހަރަށް ހާއްސަކޮށްފައިވާ މިޕާކިން ޒޯން ހަދާފައިވަނީ ވިލިމާލެ ފެރީޓާމިނަލް ސަރަހައްދުން ސުނާމީ ބިނާ މައިޒާން ކުރިމަތީ ބޮޑުތަކުރުފާނުމަގުގައެވެ.

މާލޭސިޓީކައުންސިލުން ބުނީ މި ޕާކިން ޒޯނުން ޖާގަ ދޫކުރަން ހަމަޖައްސާފައިވާނީ ވިލިމާލޭގެ ރަށްވެހިންގެ ގޮތުގައި ރަށްވެހިވެފައިވާ ފަރާތްތަކަށާއި، ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ކަމަށެވެ.

ސިޓީކައުންސިލުން ބުނީ ޖުމްލަ 20 ޖާގަ ހިމެނޭ މި ޕާކިންޒޯނުގައި ޖާގަތައް ދިނުމަށް ހަމަޖެހިފައިވަނީ ވިލިމާލޭ ރަށްވެހިންނަށް ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކްކުރުމަށް 15 ޖާގަ އާއި އަދި ބާކީ ފަސް ޖާގަ ވިލިމާލޭގައި ދިރިއުޅޭ އެހެނިހެން ފަރާތްތަކަށް ދޭ ގޮތަށެވެ.

މި ޕާކިން ޒޯނުން ޖާގަ ދޫކުރުމަށް ވަރަށް އަވަހަށް އިއުލާންކުރާނެކަމަށްސިޓީކައުންސިލުންބުނެއެވެ.

ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކުން ގެންގުޅޭ ވެހިކަލް ތައް ޕާކްކުރަނީ ފެރީޓާމިނަލް ސަރައްދާއި އެސަރަހައްދާ ކައިރީ ހިސާބުތަކުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް