އޮސްޓްރޭލިއާއިން ރާއްޖެއަށް 3.5 ޓަނުގެ ޕީޕީއީ ސާމާނު ހަދިޔާކޮށްފި

9

 

 

އޮސްޓްރޭލިއާ ސަރުކާރުން 3.5 ޓަނުގެ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ސާމާނު ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން އެ ތަކެތި ދިވެހި ސަރުކާރާއި ހަވާލު ކޮށްފައި ވަނީ އިއްޔެ ސްރިލަންކާގައި ހުންނަ އޮސްޓްރޭލިއާ ހައިކޮމިޝަނުގަ އެވެ.

އޮސްޓްރޭލިއާއިން ބުނީ މި ތަކެއްޗަކީ ކޮވިޑް-19 އާއި ދެކޮޅަށް ކުރީ ސަފުގައި ހަރަކާތްތެރިވާ ހިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް ހަދިޔާކޮށްފައިވާ ސާމާނުތަކެއްކަމަށެވެ.

މި ތަކެތީގެ ތެރޭގައި ހިމެނެނީ 8،500 ޕީޕީއީ، 137,500 އަންގި، 30,000 ފޭސް މާސްކް ހިމެނެ އެވެ. މިތެކެތީގެ އަގު 1.4 މިލިއަން ރުފިޔާއަށް އަރަ އެވެ.

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް 3.5 ޓަނުގެ ޕީ.ޕީ.އީ ސާމާނު ހަދިޔާކޮށްފައިވާތީ، ދިވެހި ސަރުކާރުގެ ނަމުގައި ފޮރިން މިނިސްޓަރ ޢަބްދުއްލާ ޝާހިދު ވަނީ ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.

އަދި މިއީ ރާއްޖޭގައި ކޯވިޑް ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތްތަކަށް ލިބިގެންދާ އިތުރު ހިތްވަރަކާއި ބާރެއްގެގޮތުގައި މިނިސްޓަރ ވަނީވިދާޅުވެފައެވެ.

ލަންކާގައި ހުންނަ އޮސްޓްރޭލިއާ ހައިކޮމިޝަނުން ކޮށްފައިވާ ޓުވީޓެއްގައި ކޮވިޑުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް އެ ގައުމުން ރާއްޖެއަށް މިހާތަނަށް ގާތްގަނޑަކަށް 9 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދީފައިވާކަމަށް ބުނެފައިވެއެވެ.

މީގެ ތެރޭގައި ޕީ.ޕީ.އީ ސާމާނު ހަދިޔާކުރުމާއި، ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކެޕޭސިޓީގެ އިތުރުކުރުމާއި، އަންހެނުންނާއި އަންހެން ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާ ގުޅުންހުރި އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކޮށްފައިވެއެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ