ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ޕާކިންޒޯންތައް އެހެންފަރާތްތަކުން ބޭނުންނުކުރުމަށް މޭޔަރު އެދިވަޑައިގެންފި

Loading

Facebook
Twitter
WhatsApp

 

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ބޭނުންކުރުމަށް މާލޭ އެކިސަރަކައްދުތަކުގައި ގާއިމްކޮށްފައިވާ ޕާކިން ޒޯންތަކުގައި އެހެނިހެން ފަރާތްތަކުން ބޭނުންނުކުރުމަށް ސިޓީ މޭޔަރު އެދިވަޑައިގެންނަވައިފިއެވެ.

މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައވިވާ ޕާކިންޒޯންތަކުންގައި އެހެނިހެން ފަރާތްތަކުން ޕާކުކުރުމަކީ ވަރަށް ދެރަކަމެއްކަމަށާ އެކަން އެގޮތަށް ނުކުރުމަށް އެދިވަޑައިގަންނަވާކަމަށެވެ.

“ މިގޮތަށް ނުހެއްދުމަށް ވަރަށްބޮޑަށް އެދެން. ހާއްސަ އެހީއަށް ބޭނުންވާ ފަރާތަކަށް ހާއްސަކޮށްފައިހުންނަ ސްލޮޓް އެއްގަ އެހެންފަރާތްތަކުން ޕާކް ކުރުމަކީ ވަރަށް ވަރަށް ދެރަކަމެއް.“  ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ ސްލޮޓެއްގައި އާންމުންގެ ސައިކަލުތަކެއް ޕާކްކޮށްފައިވާ ޕޮޓޯއާއެކު މީހަކު ކޮށްފައިވާ ޓްވީޓެއް ރިޓްވީޓް ކުރައްވަމުން މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ މުޖުތަމައު ތަރައްގީ ވާނީ ވިސްނުމާއި އަމަލުތަރައްގީވެގެން ކަމަށެވެ.

”އަޅުގަނޑުމެންގެ މުޖުތަމައު ތަރައްގީވާނީ އަޅުގަނޑުމެންގެ ވިސްނުމާއި އަމަލު ތަރައްގީވެގެން.“ މޭޔަރު މުއިއްޒު ވިދާޅުވިއެވެ.
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކޮށްފައި ހުންނަ ޕާކިން ސްލޮޓްތަކުގައި ޕާކްކުރުމުގެ މައްސަލައަކީ މާލޭގައި ބޮޑުވެފައިވާ މައްސަލައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް