ހަތަރު ފަހަރެއްގެ މަތިން ރައީސް ނަޝީދަށް ހަމަލާދޭން މަސައްކަތްކުރި

  ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ހަތަރު ދުވަހެއްގެ މަތިން ބޮމުގެ ހަމަލާ ދޭން ކުރިން މަސައްކަތް ކޮށްފައވާކަމަށް ފުލުހުން ބުނެފިއެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ މޭ ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއަށް ބޭނުންކުރި ސައިކަލަކީ ހަމަލާދިން މީހުން 2019 ވަނަ އަހަރު ގަނެފައިހުރި ސައިކަލެއްކަމަށެވެ. “ 2020 ވަނަ އަހަރުގެ ފަހުކޮޅުގެ ތެރޭގައި މ. ޔާގޫތުގެ ކައިރީގައި ބަހައްޓައިގެންވެސް ގޮއްވާލަން […]

ރަހީނުކޮށް ކުއްޖާ މަރާލުން: ހައްޔަރުކުރި ކުޑަކުއްޖާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

  ރަހީނުކުރުމަށްފަހު މަރާލައި ފޮއްޓަކަށްލައި އެއްލައިލި 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ 17 އަހަރުގެ ކުއްޖާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ. މި ކުއްޖާގެ ބަންދުގެ މުއްދަތު އިތުރުކުރީ އޭނާގެ ބަންދަށް ދެވަނަ ފަހަރަށް ދިން 13 ދުވަހުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރުކުރުމުން މި މަހު 21 ވަނަދުވަހުއެވެ. މިފަހަރު ކްރިމިނަލް ކޯޓުން ޖަހައިދިނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއްކެވެ. އުމުރުން 13 އަހަރުގެ ކުޑަކުއްޖާގެ މަރާ ގުޅިގެން 17 އަހަރުގެ […]

ގްރިޑް ޕްރޮޖެކްޓްގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފި

  މާލެ ސަރަހައްދުގެ ކަރަންޓް އެއް ވިއުގައަކުން ގުޅުވާލުމަށް ކުރިއަށްގެންދިޔަ ގްރިޑް ޕްރޮޖެކްޓުގެ މަސައްކަތް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ. ގްރޭޓާ މާލޭ ގްރިޑް ކަނެކްޝަން ޕްރޮޖެކްޓްގެ ދަށުން މިހާރުވަނީ މާލެއާއި ހުޅުލޭ އަދި ހުޅުމާލެ ކަރަންޓު އެއްވިއުގައަކުން ގުޅާލާފައެވެ. ގްމި ޕްރޮޖެކްޓްގެ ދަށުން  މާލެ އާއި، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު ވިއުގަ 132 ކޭވީގެ ހަތް ކިލޯމީޓަރުގެ ދެ ސާކިޓުން ގުޅާލާފައިވެއެވެ.  މި މަޝްއޫގައި ހުޅުމާލެ އަދި މާލޭގައި 95 މެގަވޮޓްގެ ހަތަރު ޓްރާންސްފޯމަރާއި، […]

ހަމަލާ ދިނުމުގައި ބައިވި ކަމަށް ތުހުމަތުކުރެވޭ އިތުރު ބައެއްގެ ވަނަވަރު ހާމަކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން މޭ ހަވަނަދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިތިބި އިތުރު މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީސް ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި، ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން ހިމެނޭ ގޮތަށް ފުލުހުން ވަނީ އެމީހުންގެ ވަނަވަރު އާންމުކޮށްފައެވެ. […]

ރަޝިއާ އާއި އިރުމަތީ ޔޫރަޕްގެ އިތުރު އެއާލައިންތަކުން ރާއްޖެ ދަތުރުކުރުމަށް މަޝްވަރާ ކޮށްފި

  ރަޝިއާ އާއި އިރުމަތީ ޔޫރަޕުގެ އިތުރު އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. ރަޝިއާގެ މޮސްކޯގައި ހުންނަ ދިވެހި ޓުއާ އޮޕަރޭޓިން ކުންފުންޏެއް ކަމަށްވާ ރިސޯޓް ލައިފް ހޮލިޑޭސްގައި މިދިޔަ ބުދަ ދުވަހު ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްވަނީ ރާއްޖޭގެ ފަތުރުވެރިކަމާ ގުޅުންހުރި މައުލޫމާތު ރެޑްވިންގްސް އެއަރލައިން އޮޕްރޭޓުކުރާ ޒިއާޓުއާސް އާއި މޮސްކޯގެ ޒުކޮވުސްކީ އިންޓަރނޭޝަނަލް […]

މުދާ އެތެރެކޮށް އަދި ބޭރުކުރުމުގެ އެއްބަސްވުމެއްގައި އިންޑިއާ އާއެކު ސޮއިކޮށްފި

  ރާއްޖެއަށް ގެންނަ މުދާ އެތެރޮކޮށް އަދި ރާއްޖެއިން ބޭރުކުރާ މުދާ ބޭރުކުރުމުގައި އިތުރު ލުއި ފަސޭހަތަކެއް ދިނުމަށް ރާއްޖެއިން އިންޑިއާ އާއެކު އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފި އެވެ. އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފެވެ. އިންޑިއާގެ ފަރާތުން އެ އެމްއޯޔޫގައި ސޮއިކުރެއްވީ އެގައުމުގެ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސްގެ ޗެއާމަން އަޖިތު ކުމާރެވެ. ކަސްޓަމްސް އިން ބުނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު މުދާ […]

ހުޅުމާލެއިން ރޭ އިވުނު ބާރުގަދަ ގޮވުމުގެ އަޑަކީ ވެލްޑިން ކުރުމުގެ ތެރެއިން ގޮވިއަޑެއް

    ހުޅުމާލެއިން ރޭ ބާރުގަދަ ގޮވުމެއްގެ އަޑު އިވުނީ ބަޔަކު ވެލްޑިން މަސައްކަތެއް ކުރަނިކޮށް ދިމާވި އެކްސިޑެންޓަކުން ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން ބުނީ ރޭ ދަންވަރު އިވުނު ބާރުގަދަ އަޑަކީ ގެއެއްގެ ޓެރެސްމަތީ ވެލްޑިން ކުރުމުގެ ތެރެއިން ދިމާވި އެކްސިޑެންޓަކުން ގޮވި އަޑެއްކަމަށެވެ. ރޭ ދަންވަރު 00:35 ހާއިރު ހުޅުމާލޭ ބޯގަންވިލާމަގު ސަރަހައްދުން ބާރުގަދަ އަޑެއް ގޮވުމާ ގުޅިގެން ފުލުހުންނާއި ސިފައިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. ފުލުހުން ބުނީ ސިފައިންނާ ފުލުހުން ގުޅިގެން […]

ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަތުރާ މީހުން ތިބީ  ސަރުކާރުގައި: އާދަމް ޝަރީފް

  ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަތުރާ ފަރާތްތައް ތިބީ ސަރުކާރުގައި ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ނާއިބް ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ އާދަމް ޝަރީފް މިހެން ވިދާޅުވީ، ގައުމުގައި މިއަދު ކަންކަންވަމުންދާ ގޮތް ގާތުން ބެއްލެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އިދިކޮޅު ޕީޕީއެމް، ޕީއެންސީއަށް ގޮވާލައްވައިފައިވާ ހަބަރަކާއެކު ކުރެއްވި ޓްވީޓެއްގައެވެ. މި ޓްވީޓްގައި އާދަމް ޝަރީފު […]

މާލެ ސަރަހައްދުގައި ސެލްފް ސާވިސް ޕެޓްރޯލްޝެޑެއް ގާއިމްކުރަނީ

  މާލެ ސަރަހައްދުގައި ސެލްފް ސާވިސް ޕެޓްރޯލް ޝެޑެއް ގާއިމުކުރުމަށް ނިންމާފައިވާކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ބުނެފިއެވެ. އެފްއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ގަސަމް ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މި އަހަރުތެރޭ މާލެ ސަރަހައްދުގައި ސެލްފް ސާވިސް ޕެޓްރޯލް ޝެޑެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. “ އަޅުގަނޑުމެން އެބަ މަސައްކަތްކުރަން އަމިއްލައަށް ހިދުމަތް ހޯދައިގަނެ، އެއްވެސް ސްޓާފެއްގެ އެހީތެރިކަމަކާއި ނުލާ، އަމިއްލައަށް ފައިސާ ދެއްކިގެން އަމިއްލައަށް ތެޔޮ […]

މިއަދު ހަވީރު 4 އިން ރޭގަނޑު 8 އަށް މާލެސިޓީގައި ވެހިކަލް ދުއްވުން މަނާ

  އަޟްހާ އީދާ ގުޅިގެން މިއަދު ހަވީރު 4 އިން ރޭގަނޑު 8 އަށް މާލެ ސިޓީގައި މަގުތަކުގައި ވެހިކަލް ދުއްވުން މާލޭ ސިޓީ ކައުންސިލުން މަނާކޮށްފި އެވެ. މާލެ ސިޓީ ކައުންސިލުން ބުނީ މިއީ މިއަހަރުގެ ބޮޑުއީދުގައި މާލެ ސިޓީގެ ރައްޔިތުންނަށް އުފާވެރި ވަގުތުކޮޅެއް ހޯދާދިނުމުގެ މަގްސަދުގައި މާލެ ސިޓީގެ މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ފައިމަގުގައި ހިނގާ ވަގުތުކޮޅެއް ހަމަޖައްސައި ދިނުމަށްޓަކައި ނިންމި ނިންމުމެއްކަމަށެވެ. އެގޮތުން މިއަދު ހަވީރު 4:00 ން 8:00 މާލެ […]