މާލެ ސަރަހައްދުގައި ސެލްފް ސާވިސް ޕެޓްރޯލްޝެޑެއް ގާއިމްކުރަނީ

Loading

Facebook
Twitter
WhatsApp

 

މާލެ ސަރަހައްދުގައި ސެލްފް ސާވިސް ޕެޓްރޯލް ޝެޑެއް ގާއިމުކުރުމަށް ނިންމާފައިވާކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ބުނެފިއެވެ.

އެފްއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ގަސަމް ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މި އަހަރުތެރޭ މާލެ ސަރަހައްދުގައި ސެލްފް ސާވިސް ޕެޓްރޯލް ޝެޑެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

“ އަޅުގަނޑުމެން އެބަ މަސައްކަތްކުރަން އަމިއްލައަށް ހިދުމަތް ހޯދައިގަނެ، އެއްވެސް ސްޓާފެއްގެ އެހީތެރިކަމަކާއި ނުލާ، އަމިއްލައަށް ފައިސާ ދެއްކިގެން އަމިއްލައަށް ތެޔޮ އަޅައިގެން ހިދުމަތް ލިބިގަނެވޭ އިންތިޒާމު ހަމަޖައްސަން އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ،“ ގަސަމް ވިދާޅުވިއެވެ.

އެހެންނަމަވެސް އެފަދަ ޝެޑެއް ގާއިމުކުރުމުގެ ކުރިން  އެފަދަ ސެލްފް ސާވިސް ޝެޑުތަކަށް އާންމުންގެ މެދުގައި ލިބޭ ތަރުހިބާއި، ކުންފުންޏަށް ލިބިގެންދާ ލުއިފަސޭހަތައް ބެލުމުގެ ދިރާސާއެއް ކުރިއަށް ގެންދަން ނިންމާފައިވާކަމަށް ވެސް ގަސަމް ވިދާޅުވިއެވެ.

ގަސަމް ވިދާޅުވީ މާލޭގެ އިންޑަސްޓްރިއަލް ސަރަހައްދުގައި ހުރި ވަގުތީ ޝެޑުގެ ސައިޒާއި ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން  އެކަމަށް ބޭނުންވާ ޕްލޭންތަކާއި ޑިޒައިންތައް މިހާރު ފައިނަލް ކުރެވިފައިވާކަމަށް ގަސަމް ވިދާޅުވިއެވެ.

އަދި އެ ޝެޑު ޒަމާނީ ފެންވަރަށް ތަރައްގީކުރާއިރު އެތަނުން އެއްފަހަރާ 14 ސައިކަލަށް ޕެޓްރޯލް އެޅުމުގެ ޖާގަ އަދި ހަތަރުފުރޮޅުލީ އަށް އުޅަނދަށް އެއްފަހަރާ ހިދުމަތް ދެވޭނެކަމަށް ވެސް ގަސަމް ވިދާޅުވިއެވެ.

އެ ޝެޑު ތަރައްގީކޮށް ނިމުމުގެ ކުރިން ސެލްފް ސާވިސް ހިދުމަތް ދިނުމަށް އެފްއެސްއެމް އިން ނިންމާފައިވާ ކަމަށް ގަސަމް ވިދާޅުވިއެވެ.

”އަޅުގަނޑުމެން އުންމީދުކުރަނީ އަޅުގަނޑުމެން މި ޝެޑުގެ ހިދުމަތް ދިނުމުގެ ކުރިން މާލެ އޭރިއާގެ ކޮންމެވެސް އެއް ޝެޑުން ސެލްފް ސާވިސްގެ ހިދުމަތް ލިބިގެންދާނެކަމަށް،“ ޓީވީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ގަސަމް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް