ހުޅުމާލެއިން ރޭ އިވުނު ބާރުގަދަ ގޮވުމުގެ އަޑަކީ ވެލްޑިން ކުރުމުގެ ތެރެއިން ގޮވިއަޑެއް

Loading

Facebook
Twitter
WhatsApp

 

 

ހުޅުމާލެއިން ރޭ ބާރުގަދަ ގޮވުމެއްގެ އަޑު އިވުނީ ބަޔަކު ވެލްޑިން މަސައްކަތެއް ކުރަނިކޮށް ދިމާވި އެކްސިޑެންޓަކުން ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ ރޭ ދަންވަރު އިވުނު ބާރުގަދަ އަޑަކީ ގެއެއްގެ ޓެރެސްމަތީ ވެލްޑިން ކުރުމުގެ ތެރެއިން ދިމާވި އެކްސިޑެންޓަކުން ގޮވި އަޑެއްކަމަށެވެ.

ރޭ ދަންވަރު 00:35 ހާއިރު ހުޅުމާލޭ ބޯގަންވިލާމަގު ސަރަހައްދުން ބާރުގަދަ އަޑެއް ގޮވުމާ ގުޅިގެން ފުލުހުންނާއި ސިފައިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

ފުލުހުން ބުނީ ސިފައިންނާ ފުލުހުން ގުޅިގެން މަސައްކަތްކޮށް ރޭ އެ ސަރަހައްދުގައި ހަރަކާތްތެރިވެ، އެ ސަރަހައްދުގައި ތިބި މީސްމީހުންނާއި ސުވާލުކޮށް ބަލަންޖެހޭ ކަންކަން ބަލާފައިވާ ކަމަށެވެ.

އެގޮތުން މިހާތަނަށް ބެލި ބެލުމުން، ބާރުގަދަ އަޑެއް ގޮވާފައިވަނީ ހުޅުމާލެ ލޮޓް ނަންބަރު 1138ގެ ޓެރެސް މަތީ ވެލްޑިން ކުރުމުގައި ހަރަކާތްތެރިވުމުގެ ތެރޭގައި އެކްސިޑެންޓަކުންކަން އެނގިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް