ރަހީނުކޮށް ކުއްޖާ މަރާލުން: ހައްޔަރުކުރި ކުޑަކުއްޖާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

77

 

ރަހީނުކުރުމަށްފަހު މަރާލައި ފޮއްޓަކަށްލައި އެއްލައިލި 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ 17 އަހަރުގެ ކުއްޖާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

މި ކުއްޖާގެ ބަންދުގެ މުއްދަތު އިތުރުކުރީ އޭނާގެ ބަންދަށް ދެވަނަ ފަހަރަށް ދިން 13 ދުވަހުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރުކުރުމުން މި މަހު 21 ވަނަދުވަހުއެވެ. މިފަހަރު ކްރިމިނަލް ކޯޓުން ޖަހައިދިނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއްކެވެ.

އުމުރުން 13 އަހަރުގެ ކުޑަކުއްޖާގެ މަރާ ގުޅިގެން 17 އަހަރުގެ މި ކުއްޖާގެ އިތުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާނެވެ.

ރަހުމްކުޑަކޮށް މަރައި އެއްލައިލި ކުޑަކުއްޖާގެ މަރުގެ މައްސަލާގައި މި ދެ މީހުން ހައްޔަރުކުރީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރެ އެވެ. އެ ދެ މީހުން ބަންދުކޮށް އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ޒިހާން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. އެ ދުވަހު 17 އަހަރުގެ ކުއްޖާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް ދީފައިވަނީ 15 ދުވަހެވެ.

ކުޑަކުއްޖާ ރަހީނު ކޮށްގެން ގެންގުޅުމަށްފަހު އޭނާ މަރާލާ އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު އެވެ.

މި ކުއްޖާ މަރާލާފައި އޮތްވާ ފެނުނީ މިދިޔަ މަހުގެ 22 ވަނަދުވަހުގެ ރޭ ދަންވަރު 2:30 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތުގެ މޫދަށް އެއްލާލާފައިވާ ފޮށްޓެއްގެ ތެރެއިންނެވެ. މި ކުއްޖާ ފެނިފައިވަނީ ރަހީނުކުރި މައްސަލައިގައި އެ ކުއްޖާ ހޯދުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.

މިކުއްޖާ އަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަމުގެ ނިޝާންތައް ހަށިގަނޑުން ފެންނަންހުރިއިރު މަރުގެ ހަގީގަތްހޯދުމަށް ޕޯސްޓްމޯޓަމް ވެސް ވަނީ ހަދާފައެވެ. އަދި ޕޯސްޓް މޯޓަމަށްފަހު މި މަހު 12 ވަނަ ދުވަހު އެކުއްޖާގެ ހަށިގަނޑު ވަނީ ވަޅުލާފައެވެ.

އެ ކުއްޖާގެ މަރުގެ ހަގީގަތް ހޯދަން ހެދި ޕޯސްޓްމޯޓަމްގެ ރިޕޯޓް ފުލުހުންނަށް ލިބިވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އޭގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

 

1 ހިޔާލު

  1. Mikuhjaa ihaanethikoh maraalee haadhahaavaa kashi madubayekey mikuhjaage ailaayah insaaf
    hahgeh noon kashi madu kamu ekam kashi haru bayakuves ebaulheythaa mimeehunge kashi haru kamun foanu hulhuviyas tv hulhuviyas mi kashi harubayehge vaahaka dhahkaavarun bolah enburun araa hodulavaa konm kamakah ves hahdheh onnan jeheyne hen heevanee

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ