ހަތަރު ފަހަރެއްގެ މަތިން ރައީސް ނަޝީދަށް ހަމަލާދޭން މަސައްކަތްކުރި

Loading

Facebook
Twitter
WhatsApp

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ހަތަރު ދުވަހެއްގެ މަތިން ބޮމުގެ ހަމަލާ ދޭން ކުރިން މަސައްކަތް ކޮށްފައވާކަމަށް ފުލުހުން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ މޭ ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއަށް ބޭނުންކުރި ސައިކަލަކީ ހަމަލާދިން މީހުން 2019 ވަނަ އަހަރު ގަނެފައިހުރި ސައިކަލެއްކަމަށެވެ.

“ 2020 ވަނަ އަހަރުގެ ފަހުކޮޅުގެ ތެރޭގައި މ. ޔާގޫތުގެ ކައިރީގައި ބަހައްޓައިގެންވެސް ގޮއްވާލަން މަސައްކަތްކުރިކަން ތަހުގީގަށް ފާހަގަކުރެވިފަވޭ، މިގޮތުން ހަތަރު ދުވަހެއްގެ މަތިން އެތަނުގައި ސައިކަލް ބަހައްޓައިގެން، އައިއީޑީ ހަރުކޮށްފަ ބަހައްޓައިގެން ސައިކަލް ގޮއްވާލުމަށްޓަކާ އެމީހުން މަސައްކަތްކޮށްފައިވޭ“ ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވިގޮތުގައި ޔާގޫތުގޭ ކައިރީގައި ސައިކަލް ބަހައްޓައިގެން ޖާނުންފިދާވެގެންވެސް އެ ހަމަލާދޭން ހަމަލާގެ ބައިވެރިން ތިބީ ތައްޔާރަށެވެ. އެހެންނަމަވެސް އެ ސަރަހައްދުގައި ހަމަލާދިނުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން ސައިކަލް އެތަނުން ނަގައި ހަރުކޮށްފައި އޮތް އައިއީޑީ ޑިސްޕޯސްކުރިކަމަށް ރިޔާޒް ވިދާޅުވިއެވެ.

އޭގެ ފަހުން ރައީސް ނަޝީދު ކަސްރަތުކުރައްވަން ނިކުމެވަޑައިގަންނަވާ ގަޑީގައި  މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ މޭރީބްރައުން ރެސްޓޯރެންޓް ސަރަހައްދުގައި ވެސް ސައިކަލް ބަހައްޓައިގެން ހަމަލާދޭން އެމީހުން މަސައްކަތްކުރި ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.

ނީލޯފަރު ހިނގުމުގައި ސައިކަލް ބަހައްޓައިގެން ހަމަލާދޭން އެމީހުން ރާވަން ފެށީ މިއަހަރުގެ މާޗް މަސް ނުވަތަ އެމަހުގެ ފަހުކޮޅުކަމަށް އޭސީޕީ ރިޔާޒް ވިދާޅުވިއެވެ. އެކަމަށްޓަކައި ހުޅުމާލޭގައި ހުންނަ ގަރާޖަކުން ހަމަލާދޭން ގަތް ސައިކަލް މާޗް މަސްތެރޭ ސާވިސްކޮށް ތައްޔާރުކުރިކަން ތަހުގީގަށް ހޯދިފައިވާކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް