މުދާ އެތެރެކޮށް އަދި ބޭރުކުރުމުގެ އެއްބަސްވުމެއްގައި އިންޑިއާ އާއެކު ސޮއިކޮށްފި

Loading

Facebook
Twitter
WhatsApp

 

ރާއްޖެއަށް ގެންނަ މުދާ އެތެރޮކޮށް އަދި ރާއްޖެއިން ބޭރުކުރާ މުދާ ބޭރުކުރުމުގައި އިތުރު ލުއި ފަސޭހަތަކެއް ދިނުމަށް ރާއްޖެއިން އިންޑިއާ އާއެކު އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފެވެ. އިންޑިއާގެ ފަރާތުން އެ އެމްއޯޔޫގައި ސޮއިކުރެއްވީ އެގައުމުގެ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސްގެ ޗެއާމަން އަޖިތު ކުމާރެވެ.

ކަސްޓަމްސް އިން ބުނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު މުދާ އެކްސްޕޯޓްކުރާ މިންވަރު އިތުރުވަމުންދާއިރު، ”އެކްސްޗޭންޖް އޮފް ޕްރީ އެރައިވަލް އިިންފޮމޭޝަން ފޯ ފެސިލިޓޭޝަން އޮފް ޓްރޭޑް އެންޑް ކަސްޓަމްސް ކޮންޓްރޯލް އޮން ގުޑްސް“ގެ އެއްބަސް ވުމުގެ ދަށުން ދެ ގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިވެ، ވިޔަފާރިިތަކަށް ފަސޭހަވާނެ އެވެ.

ކަސްޓަމްސް އިން ބުނީ މި އެއްބަސް ވުމުގެ ސަބަބުން މުދާ އެކްސްޕޯޓް ކުރާއިރު، ބަނދަރާ ހަމައަށް މުދާ ގެންދިއުމުގެ ކުރިން ލިޔުންތައް ބަދަލު ކުރެވޭނެ ނިޒާމެއް ގާއިމުކުރާނެ ކަމަށެވެ. މި ނިޒާމުގެ ސަބަބުން ކަސްޓަމްސްގެ އިޖުރައާތުތައް ފުރިހަމަ ކުރަން ހޭދަވާ ވަގުތު ކުޑަވެ، ދެ ގައުމުގެ ކަސްޓަމްސްގެ މަރުހަލާތައް ހަލުވިވާނެ ކަމަށް ކަސްޓަމްސުން ބުނެއެވެ.

އަދި  މީގެ އިތުރުން ވިޔަފާރި އާއި ސަޕްލައި ޗެއިންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ވާނެ ކަމަށް ވެސް ކަސްޓަމްސުން ދެކެއެވެ.

އެއްބަސްވުމުގެ ދަށުން ހިއްސާކުރާ މަޢުލޫމާތުގެ ޒަރިއްޔާ އިން، ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވާ ”މުއާމަލާތުގެ އަގު ނުވަތަ ޓްރާންސެކްޝަނަލް ވެލިއު“ ކަނޑައެޅުމަށް ބޭނުންވާ ފުރިހަމަ މައުލޫމާތު ވަގުތުން ވަގުތަށް ލިބޭނެ ކަަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.

އަދި މުދަލުގެ ބާވަތާއި ސައްހަ އަގު އެނގި، ކަސްޓަމްސް އަށް ދައްކަންޖެހޭ ޑިއުޓީ ކަށަވަރު ކުރުމުގައި ފަސޭހަވެ، އެކްސްޕޯޓް މަރުހަލާގައި ހަދާ ”ކޮމާޝަލް ފުރޯޑް“ ދެނެވޭނެ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް