ވިލިމާލޭގައި ކުޑަކުދިންގެ ޕާކެއް ހަދައިދޭނެ ބަޔަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

ވިލިމާލޭގައި ކުޑަކުދިންގެ ޕާކެއް ހައިދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާނު ކޮށްފި އެވެ.

ސިޓީ ކައުންސިލުން ވަނީ އަމިއްލަ ތަކެތީގައި ވިލިމާލޭގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރުމަށް ޝައުގުވެރިވރިވާ ފަރާތެއް ހޯދުމަށް އިއުލާނެއް ކޮށްފައެވެ.

މިކަމަށް ޝަޢުގުވެރިވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށާއި، އަގުހުށަހެޅުއްވުމަށް މާލޭ ސިޓީ ކައުންސިލް އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނަށް ދިއުމަށް ވެސް އެ އިއުލާނުގައި ވެއެވެ.

މި މަޝްރޫއާ ގުޅޭ މައުލޫމާތު ދިނުން އޮތީ އޮގަސްޓް 22 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރު އެވެ. އަދި އަގު ހުށައެޅުން ސެޕްޓެންބަރު މަހުގެ ހަތްވަނަ ދުވަހުގެ ހެނދުނު 11 ޖަހާއިރު އޮންނާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ބުނީ އެ ގަޑިތަކުގައި މައުލޫމާތު ސާފުކުރަން ނާންނަ ފަރާތްތަކާއި އަގު ހުށައަޅަން ނާންނަ ފަރާތްތައް އަދި ގަޑިޖެހުމުގެ ފަހުން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައި ނުގަންނާނެ ކަމަށެވެ.

ވިލިމާލޭގައި މިހާރު ހުރި ކުޑަކުދިންގެ ޕާކްތައް ނުބެލެހެއްޓުމުގެ ސަބަބުން މިހާރު އެތަންތަން ވަނީ ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް