ގަމުގެ ވިޔަފާރި ޒޯންގައިވާ ބިންތައް 25 އަހަރަށް ކުއްޔަށް ދޫކުރަނީ

  ލ. ގަމުގެ ވިޔަފާރި ޒޯންގައިވާ ބިންތަކެއް 25 އަހަރަށް ކުއްޔަށް ދޫކުރަން ގަމު ކައުންސިލް އިދާރާއިން އިއުލާންކޮށްފިއެވެ. އެރަށު ކައުންސިލުން ބުނީ ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކުލީ ބިންތަކުގެ ތެރެއިން ލ.ގަން ތުނޑީ ވިޔަފާރި ޒޯންގައިވާ ފީރޯޒު 19،20،28،29،30، ނަންބަރު  ބިންތައްކަމަށެވެ. މި ބިންތައް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކުން  ބުދަ ދުވަހުގެ 12:00ގެ ކުރިން ބިޑް ޑޮކިއުމަންޓު ގަތުމަށްފަހު، ބިޑު ހުށަހެޅުއްވުން އެރަށު ކައުންސިލުން އެދެއެވެ، ކައުންސިލުން ބުނީ  ބިޑު […]

މަހުލޫފަށް އެމްޑީޕީގެ އިންތިހާބުގައި ވާދަ ކުރުމަށް ފުރުސަތު ނުދިން ސަބަބު އިލެކްޝަނުން ބަލަނީ

  ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް އެ ޕާޓީން ފުރުސަތު ނުދެއްވި ސަބަބު އެންގުމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ)އިންއެމްޑީޕީއަށްއަންގައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މަހުލޫފަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދީފައިނުވާކަމަށް ބުނެ އަންގާރަ ދުވަހު އެކޮމިޝަނަށް ހުށަހަޅައިފައިވާ ކަމަށާ އެ ހުށަހެޅުމާ ގުޅިގެން  އެމްޑީޕީން މިކަމުގައި އަމަލުކޮށްފައިވާ ގޮތެއް ބެލުމަށް މިއަދު އެދިފައިވާކަމަށެވެ. މަހިލޫފް ހުށަހެޅި ސިޓީގައިވަނީ އއޭނާއަކީ ކުށްވެރިއެއް ނޫންކަމަށާއި، ގާނޫނު އަސާސީއާއި،ގާނޫނުތަކުންވެސް ހުކުމެއް ނެތް […]

އިންތިހާބުގައި ނަޝީދު ތާއީދު ކުރައްވާނީ ބަރުލަމާނީ އަށް ތާއިދުކުރާ ކެންޑިޑޭޓުންނަށް

    ކުރިއަށް އޮތް އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާއިދުކުރައްވާ ކެންޑިޑޭޓުންނަށް ތާއިދުކުރައްވަން ޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.   ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމީ މަޖިލީހުގެ އާ ދައުރަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާއިދުކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށްވެސް ތާއިދުކުރައްވާނެކަމަށެވެ. އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ މަހު 25 ގަ އެވެ. މި […]

ޑރ. ޒިޔާދުގެ މައްސަލަ ބެލޭނެކަމަށް ކަނޑައަޅައިފި

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރަށް ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ބާތިލްކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި  މަދަނީ މިންގަޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑއަޅައިފިއެވެ. މި މައްސަލައަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭ ކުރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. ނަމަވެސް، މިހާތަނަށް ޝަރީއަތުގެ މަރުހަލާ ވެސް ފެށިފައިނުވެ އެވެ. އަދި، މައްސަލަ ބެއްލެވުމާ މިހާތަނަށް ތިން ގާޒީއަކު ވަނީ ހަވާލުވެވަޑައިގެންފަ އެވެ. […]

އިސްދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ނިންމާލައިފި

  ލ.އިސްދޫ ބަނދަރު ބޮޑުކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫއުގެ މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއު ކުރިއަށް ގެންދިޔަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ. އިސްދޫގެ ބަނދަރުގެ ބޮޑުކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި ހާވާލުކޮށްފައިވަނީ މިދިޔަ 2019 ވަނަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހުގައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގައެވެ. މި މަޝްރޫއުގެ ދަށުން 27129 އަކަމީޓަރު ސަރަހައްދު ބަނދަރު ފުންކުރުމާއި 230 […]

ޗީފް ސްޓެޓިސްޓީޝަނުގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފި

  ތަފާސްހިސާބުގެ ގާނޫނުގެ ދަށުން އުފެއްދި މިނިވަން މުއައްސަސާއެއް ކަމަށްވާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަނުގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަންކުރައްވައިފި އެވެ. މި މަގާމަށް އައްޔަންކުރެއްވީ ތަފާސްހިސާބުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށްވާ އައިޝަތު ހަސަން އެވެ. އައިޝަތު ހަސަނަކީ އިކޮނޮމެޓްރިކްސްއިން މާސްޓާސް ޑިގްރީ އަދި އިކޮނޮމިކްސް އެންޑް މެނޭޖްމަންޓްއިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވައިފައިވާ ބޭފުޅެކެވެ. މިމަގާމަށް ބޭފުޅަކު އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.އެ މަގާމަށް ބޭފުޅަކު އައްޔަންކުރަނީ އެ މަގާމަށް ހުޅުވާލުމުން ކުރިމަތި […]

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

  ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދުމަށް އޭނާގެ ވަނަވަރު ފުލުހުން އާންމު ކޮށްފިއެވެ. ފުލުހުން ބުނީ އެ މީހާއަކީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުރުކުރަން ބޭނުންވެ ހާޒިރުރުކުރެވިފައިނުވާ މީހެއްކަމަށާ އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާކަމަށެވެ ފުލުހުންގެ މަށްޗަށް ކޮށްފައިވާ މި އަމުރާ ގުޅިގެން ފުލުހުން  ހޯދަމުންދަނީ، މާލެ، މއ.ބިންމާވިލާ، އިސްމާއީލް ވަހީދު (51އ) ކަމަށް ވެސް ފުލުހުން ބުނެއެވެ. އޭނާ ބަންދުގައި ބަހައްޓައިގެން މިމަހު24 ވަނަ ދުވަހުގެ 11:00 […]

މިދުވަސްކޮޅު ތިލަފުށިން ގިނައިން ދުންއަރާނެތީ ސަމާލުވުމަށް އެދެފި

  ތިލަފުށީގައި ކުނި މެނޭޖް ކުރާނެ ރަނގަޅު ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް މި ދުވަސްކޮޅު ކުރަމުން އަންނައިރު އެކާމާއިގުޅިގެން އެ ރަށުން ގިނައިން ދުން އަރާނެތީ އެކަމާ ސަމާލުވުމަށް އެންވަޔަރަމަންޓް މިނިސްޓްރީން އެދެފިއެވެ. ތިލަފުށީގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރުވަނީ ފަށާފައެވެ. އެގޮތުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މި އަހަރު އޮކްޓޯބަރު މަހުގެ ނިޔަލަށް ދުން އެރުން […]

ރައީސްގެ ދަތުރުފުޅާ ގުޅިގެން އަބްދުއްރަހީމް ބޮޑުތުމުހަމަތުތަކެއް

  ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ގުޅުވައިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމުގައި އިސްވެ ހުންނެވި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުއްލާ  ބޮޑު ތުހުމަތުތަކެއް ކުރައްވައިފި އެވެ. ރައީސް ސާލިހަށް ތުހުމަތްތަށް ކުރައްވައި އަބްދުއްރަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ އަތޮޅުގެ  ދެ ފަޅުރަށެއް ވިއްކާލަން ރާވާފައިވާތީ ރައްޔިތުންގެ ލޮލުގައި އަދުން އަޅުވަން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. […]

އެމްޑީޕީގެ ދާއިރާ ތަކުގެ އިންތިހާބަށް ޝަރުތު ހަމާވާ ކެންޑިޑޭޓުންގެ ލިސްޓް އާންމުކޮށްފި

  ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ އިންތިހާބު 2021 އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ކެންޑި ޑޭޓުންގެ ލިސްޓް އާންމުކޮށްފިއެވެ. އެމްޑީޕީން ބުނީ މި ލިސްޓަކީ  އެޕާޓީގެ ދާއިރާތަކުގެ އިންތިހާބު 2021 ގައި ވާދަކުރުމަށް 24 އެޕްރިލް 2021 ގައި ހުޅުވާލުމާއި ގުޅިގެން ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ގައުމީ ހިންގާ ކޮމެޓީގެ ނިންމުމާ އެއްގޮތަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓު ކަމަށެވެ. އެމްޑީޕީން ބުނީ އާންމު ކުރި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ […]