އިންތިހާބުގައި ނަޝީދު ތާއީދު ކުރައްވާނީ ބަރުލަމާނީ އަށް ތާއިދުކުރާ ކެންޑިޑޭޓުންނަށް

Loading

Facebook
Twitter
WhatsApp

 

 

ކުރިއަށް އޮތް އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާއިދުކުރައްވާ ކެންޑިޑޭޓުންނަށް ތާއިދުކުރައްވަން ޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

 

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމީ މަޖިލީހުގެ އާ ދައުރަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާއިދުކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށްވެސް ތާއިދުކުރައްވާނެކަމަށެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ މަހު 25 ގަ އެވެ.

މި އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރާނެ އެވެ.

ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާއިދުކުރައްވާ ކެންޑިޑޭޓުންނަށް ތާއިދުކުރައްވަން ނަޝީދު ނިންމަވާފައި މިވަނީ ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަލުރަމާނީ ނިޒާމަށް ބަދަލުކުރަން އެމަނިކުފާނުގެ ސަޕޯޓަރުންނާއެކު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ވަގުތެއްގައެވެ.

ނަޝީދު ބޭނުންފުޅު ވަނީ ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަދަލުކޮށް އެމަނިކުފާނު ރާއްޖޭގެ ބޮޑުވަޒީރުކަން ކުރެއްވުމަށެވެ.

އެކަން ހާސިލުކުރެއްވުމަށް ގިނަ މަަސައްކަތްތަކެއް ކުރަވަމުން ގެންދަވާއިރު  މަނިކުފާނު  ވަނީ ބޮޑުވަޒީރުކަން ބޭނުންފުޅުވެގެން އެކަން ރައީސް ސާލިހަށް ވެސް އަންގަވާފައެވެ.

އަދި ރައީށް ނަޝީދު ބޮޑުވަޒީރުކަމަށް ގެންނަން ބޭނުންވާ ބަޔަކު މިހާރު އަންނަނީ  ކެމްޕޭނެއް ފަށާފައެވެ.

މި ކެމްޕެއިނުގެ ދަށުން ނިޒާމުގެ ވޯޓަކަށް ދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނަޝީދުގެ ސަޕޯޓަރުން އަންނަނީ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ.

 

Loading

One Response

  1. ކާކުތޯ މަނިކުފާނާއި މިހާރު ކައިރިވާނީ. ޖޭއެސްސީގެ އެކަމަނާވެސް މިހާރު ދެފިކުރެއްގައިކަމަށް ބުނެއެެވެ. ދެން ތިހަދާހާ ދޮގާއި މަކަރާއި ޙީލަތްތެރިކަން ނިމުމަކަށް އައީއެވެ. ރަޝީދު އެބުނާހެން ދެން އެ ބޮޓް ކުދިންކޮޅުގޮވައިގެން ނާޗަރަންގީ ކުރެއްވުމުގައި ދުވެސް ހޭދަކުރަށްވާށެވެ. ދިވެހިރާއްޖޭގެ ވެރިކަމާ ތޮޅެން ދެން ނޫޅުއްވާށެވެ. ޅޮހީގޭ މާހިރު ވިދާޅުވިހެން ދެން ނޯޗާސް އެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް