ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

 

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދުމަށް އޭނާގެ ވަނަވަރު ފުލުހުން އާންމު ކޮށްފިއެވެ.

ފުލުހުން ބުނީ އެ މީހާއަކީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުރުކުރަން ބޭނުންވެ ހާޒިރުރުކުރެވިފައިނުވާ މީހެއްކަމަށާ އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާކަމަށެވެ

ފުލުހުންގެ މަށްޗަށް ކޮށްފައިވާ މި އަމުރާ ގުޅިގެން ފުލުހުން  ހޯދަމުންދަނީ، މާލެ، މއ.ބިންމާވިލާ، އިސްމާއީލް ވަހީދު (51އ) ކަމަށް ވެސް ފުލުހުން ބުނެއެވެ.

އޭނާ ބަންދުގައި ބަހައްޓައިގެން މިމަހު24 ވަނަ ދުވަހުގެ 11:00 އަށް ސިވިލް ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

އިސްމާއީލް ވަހދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް