ގަމުގެ ވިޔަފާރި ޒޯންގައިވާ ބިންތައް 25 އަހަރަށް ކުއްޔަށް ދޫކުރަނީ

Loading

Facebook
Twitter
WhatsApp

 

ލ. ގަމުގެ ވިޔަފާރި ޒޯންގައިވާ ބިންތަކެއް 25 އަހަރަށް ކުއްޔަށް ދޫކުރަން ގަމު ކައުންސިލް އިދާރާއިން އިއުލާންކޮށްފިއެވެ.

އެރަށު ކައުންސިލުން ބުނީ ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކުލީ ބިންތަކުގެ ތެރެއިން ލ.ގަން ތުނޑީ ވިޔަފާރި ޒޯންގައިވާ ފީރޯޒު 19،20،28،29،30، ނަންބަރު  ބިންތައްކަމަށެވެ.

މި ބިންތައް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކުން  ބުދަ ދުވަހުގެ 12:00ގެ ކުރިން ބިޑް ޑޮކިއުމަންޓު ގަތުމަށްފަހު، ބިޑު ހުށަހެޅުއްވުން އެރަށު ކައުންސިލުން އެދެއެވެ،

ކައުންސިލުން ބުނީ  ބިޑު ޑޮކިއުމަންޓު ރަސްމީ ދުވަސްތަކުގެ ހެނދުނު  8:30 އިން މެންދުރު 12:00އަށް  އެކައުސިލުން ލިބެން ހުންނާނެ ކަމަށާ ބިޑު ޑޮކިއުމަންޓެއްގެ އަގަކީ -/100 (ސަތޭކަ) ރުފިޔާ ކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް