ރައީސްގެ ދަތުރުފުޅާ ގުޅިގެން އަބްދުއްރަހީމް ބޮޑުތުމުހަމަތުތަކެއް

Loading

Facebook
Twitter
WhatsApp

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ގުޅުވައިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމުގައި އިސްވެ ހުންނެވި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުއްލާ  ބޮޑު ތުހުމަތުތަކެއް ކުރައްވައިފި އެވެ.

ރައީސް ސާލިހަށް ތުހުމަތްތަށް ކުރައްވައި އަބްދުއްރަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ އަތޮޅުގެ  ދެ ފަޅުރަށެއް ވިއްކާލަން ރާވާފައިވާތީ ރައްޔިތުންގެ ލޮލުގައި އަދުން އަޅުވަން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އަދި އެކަން ކުރައްވަނީ ރައީސް ސާލިހަށް މާލީ މަންފާ ލިބިވަޑައިގަންނަވާ ގޮތަށް ކަމަށްވެސް ވެސް އަބްދުއްރައިމް ތުހުމަތުކުރައްވައެވެ.

”އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސާލިހް މިހާރު ކޮޅުމަޑުލަށް ކުރައްވަމުން ގެންދާވާ ދަތުރުފުޅަކީ އެ އަތޮޅު ކަޅުފަހަލަފުއްޓާ ކަނިމީދޫ އަމިއްލަފުޅު ޖީބަށް ބަރުވާގޮތަށްވިއްކާލަން ރާވާފައިވާތީ ރައްޔިތުންގެ ލޮލުގައި އަދުން އަޅުވަން ކުރައްވާ ދަތުރުފުޅެކެވެ.“ އައްބްދުއްރަހީމް ވިދާޅުވެފައިވެއެވެ.

 

ކަޅުފަހަލަފުއްޓަކީ ވިލި ފުއްޓާއި ދިޔަމިގިއްޔާއި، މަޑިފުށްޓާއި އެއް ފަޅެއްގައި އޮންނަ  ރަށެކެވެ. ކަނިމާދޫ އަކީ ވޭމަންޑޫ އާއި ތިމަރަފުއްޓާ ދެމެދު އޮންނަ ފަޅުރަށެެކެވެ.

ރައީސް އޮފީހުން ބުނީ ތިން ދުވަހުގެ ދަތުރުފުޅެއްގައި ތ އަތޮޅު ހަތް ރަށަކަށް ރައީސް ސާލިހު ދަތުރުކުރުމަށް ނިންމާފައިވާކަމަށެވެ.  އެ ހަތް ރަށަކީ ތިމަރަފުށްޓާއި ކިނބިދޫ އާއި އޮމަދޫ އާއި ވޭމަންޑޫ އާއި ވަންދޫ އާއި ކަނޑޫދޫ އާއި ގާދިއްފުށްޓެވެ.

މި ދަތުރު ފުޅުގައި ކަޅުފަހަލަފުއްޓާ ކަނިމީދޫއާ ގުޅޭ އެއްވެސް ކަމެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.

އެ އޮފީހުން މައުލޫމާތު ދިން ގޮތުގައި ރައީސްގެ މިދަތުރު ފުޅުގައި ރައްޔިތުންނާއި ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން މަސްވެރިންނާއި ދަނޑުވެރިން އަދި ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖައްސާފައެވެ.

އަދި ހައުސިން ޔުނިޓް ޕްރޮޖެކްތައް ހިންގާ ސަރަހައްދުތަކާއި އެނޫންވެސް މުހިންމު ތަންތަނަށް ޒިޔާރަތްކުރައްވައި ހައްދަވާނެކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ  މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް