މަހުލޫފަށް އެމްޑީޕީގެ އިންތިހާބުގައި ވާދަ ކުރުމަށް ފުރުސަތު ނުދިން ސަބަބު އިލެކްޝަނުން ބަލަނީ

Loading

Facebook
Twitter
WhatsApp

 

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް އެ ޕާޓީން ފުރުސަތު ނުދެއްވި ސަބަބު އެންގުމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ)އިންއެމްޑީޕީއަށްއަންގައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މަހުލޫފަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދީފައިނުވާކަމަށް ބުނެ އަންގާރަ ދުވަހު އެކޮމިޝަނަށް ހުށަހަޅައިފައިވާ ކަމަށާ އެ ހުށަހެޅުމާ ގުޅިގެން  އެމްޑީޕީން މިކަމުގައި އަމަލުކޮށްފައިވާ ގޮތެއް ބެލުމަށް މިއަދު އެދިފައިވާކަމަށެވެ.

މަހިލޫފް ހުށަހެޅި ސިޓީގައިވަނީ އއޭނާއަކީ ކުށްވެރިއެއް ނޫންކަމަށާއި، ގާނޫނު އަސާސީއާއި،ގާނޫނުތަކުންވެސް ހުކުމެއް ނެތް ހާލަތެއްގައި ވާދަކުރުމުގެ ފުރުސަތު ދޭންޖެހޭކަމަށެވެ.

އެމްޑީޕީން ވަނީ އެޕާޓީގެ އެތެރޭގެ އިންތިހާބުގައި އެސެޓް ރިކަވަރީ ކޮމިޝަނާއި، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ބަލާ މައްސަލައެއްގައި ތުހުމަތު ކުރެވޭ އެއްވެސް ބޭފުޅަކަށް ވާދަ ނުކުރެވޭނެކަމަށް ނިންމާފައެވެ. މީގެ އިތުރުން އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން އޭސީސީން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެކިއެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ ފަރާތްތަކަށްވެސް ވާދަ ނުކުރެވޭނެ ކަމަށް ވަނީ ނިންމާފައެވެ.

މަހްލޫފް އެމައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ، އެމްޑީޕީގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމި ނިންމުން މުރާޖައާކޮށް ދިނުމަށް އެދި އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށާއި ޗެއާޕާސަން ހަސަން ލަތީފަށް ޝަކުވާ ފޮނުވުމުން އެއްވެސް ޖަވާބެއް ނުލިބުމުންނެވެ.

އެ އިންތިހާބުގައި މަހުލޫފް ވާދަ ކުރަން ނިންމަވާފައި ވަނީ މެދު އުތުރު ޕްރޮވިންސް (ކ، އއ، އދ، އަދި ވ)ގެ ރައީސް ކަމަށެވެ.

މަހުލޫފްގެ އިތުރުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށްވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓިން މީގެ ކުރިން ނިންމިއެވެ. ނަމަވެސް އެ ނިންމުން މުރާޖައާ ކުރަން އަކްރަމް އެދިވަޑައިގަތުމުން އެ ޕާޓީން ވަނީ އޭނާއަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އަލުންދީފައެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު އަންނަ މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް އެޕާޓީން ވަނީ ނިންމާފައެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް