އިންފޮމޭޝަން ކޮމިޝަނަރަކަށް އާހިދު އައްޔަންކުރައްވައިފި

  ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ހ.ގުރުވަ އަލްއުސްތާޒު އަހްމަދު އާހިދު ރަޝީދު މިއަދު އައްޔަނުކުރައްވައިފިއެވެ. މި މަޤާމަށް އާހިދު ރަޝީދު އައްޔަނުކުރައްވާފައިވަނީ މިއަދު ހެނދުނު މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. އާހިދު ރަޝީދު އެންމެ ފަހުން ފުރުއްވާފައި ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގަވަރނަންސް މެނޭޖަރުގެ މަގާމެވެ. އހިދު ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއާ ލީގަލް އެޑވައިޒަރގެ މަގާމާއި، ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަގާމުވެސް ފުރުއްވާފައެވެ. މީގެ އިތުރުންވެސް އެންޓި ކޮރަޕްޝަން ބޯޑުގެ […]

އީސީގެ މެންބަރުކަމަށް އާސިފް އައްޔަން ކުރައްވައިފި

  ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، އިލެކްޝަންސް ކޮމިޝަން )އީސީ(ގެ މެންބަރުކަމަށް ހ. އިރުވައި، މުހައްމަދު އާސިފް އައްޔަން ކުރައްވައިފިއެވެ. އާސިފް މެންބަރުކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން ރައީސް ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. އާސިފަކީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމާއި އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އިލެކްޝަން ކޮމިޝަންގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް އާސިފް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ […]

ޒަމާނަށް ފެތޭ ހެއްކާ ބެހޭ ބިލެއް ހުށަހަޅައިފި

    ޒަމާންވީ ގިނަ ދުވަސްވެފައިވާ ހެއްކާބެހޭ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޒަމާނަށް ފެތޭ ގާނޫނެއް އެކުލަވާލުމަށް ޒަމާނަށްފެތޭ ހެއްކާބެހޭ ބިލެއް  ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.   ސަރުކާރުން ހުށަހެޅި މި ބިލު މަޖިލީހަށް ހުށަހެޅުއްވީ  އެމްޑީޕީގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީއެވެ.މި ބިލްގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައެވެ. މިހާރު ބޭނުންކުރަމުންދާ ހެއްކާ ބެހޭ ގާނޫނަކީ 1976 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އަންނަ ގާނޫނެކެވެ. ހެއްކާއިބެހޭ ބިލެއް […]

މޯލްޑިވިއަނުން ބަންގްލަދޭޝް އަށް ހާއްސަ ދަތުރުތަކެއް

  މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ހާއްސަ ދަތުރުތަކެއް ކުރުމަށް ނިންމައިފިއެވެ. މޯލްޑިވިއަނުން މިއަދު ބުނީ މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15، 22 އަދި 29 ވަނަ ދުވަހު ކަމަށެވެ. އަދި  ހާއްސަ ދަތުރުތަކެއް ބާއްވަން ނިންމާފައިވަނީ މި ދުވަސްވަރު ޑާކާއަށް އޮތް ޑިމާންޑް އިތުރުވުމުން ކަމަށް މޯލްޑިވިއަން އިން ބުނެއެވެ. މޯލްޑިވިއަނުން މިހާރުވަނީ މި ދަތުރު ތަކަށް ރިޒަވޭޝަން ހެދުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ. އަވަށްޓެރި އިންޑިއާ ހިމެނޭގޮތުން ސައުތު […]

ކަނދުފަތިތަކަށް ބަދަލުގެންނަ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

  ދޮށީގެ މަސްވެރިކަމަށް އަމާޒުކޮށްގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިވާ އޮއިވާލި ކަނދުފަތިތަކަށް ބަދަލު ގެނެސް ހަދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފިޝަރީޒް މިނިސްޓްރީން ދީފިއެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ ކަނދުފަތިތަކަށް ބަދަލުގެނެސް އަމިއްލައަށް ފަރުމާކުރާ މައްސަލަތައް ދިމާވަމުން އަންނަ ކަމަށާ އެކަން އެގޮތަށް ކުރާ ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ފަރާތްތަކުން އަމިއްލަ ތަކެތީގައި ކަނދުފަތި ހަރުކުރަމުން ދާކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބެމުންދާ ކަމަށް ވެސް […]

ޕިކްނިކަށް ދާނެ ރަށެއް ފަސް މަސް ތެރޭހިއްކުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

  މާލެ ކައިރީ ސަރަހައްދުން ޕިކްނިކަށްދާނެ ރަށެއް ތަރައްގީކުރުމުގެ ގޮތުން ފަސްމަސް ތެރޭ ކުޑަގިރި ފަޅު ހިއްކުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެގްރިމެންޓުގައި ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނަރަލް ފާތިމަތު ޝާނާ ފާރޫގެވެ. މި މަޝްރޫއަކީ ގާތްގަނޑަކަށް 41.4 މިލިއަން ރުފިޔާ ހަރަދުކުރމަށް ހަމަޖައްސާފައިވާ މި މަޝްރޫއުގެ ދަށުން އެރަށުގައި […]

ނަޝީދަށް ދިން ހަމަލާ އާ ގުޅިގެން ހައްޔަރުކުރި ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

  މަޖިލީހުގެ ރައީސް، ރައީސްމުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ހައްޔަރުކުރި ދެ މީހެއްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން  އިތުރުކޮށްފިއެވެ. ކޯޓުން ބަންދުގެ މުއްދަތު އިތރުކުރީ މެއި ހައެއްގައި ނަޝީދަށް ދިން ހަމލާއާ ގުޅިގެން ހައްޔަރުކުރި އިސްހާގު އާއި ފަހުމީ އަލީގެ ބަންދުގެ މުއްދަތުއެވެ. މި ދެމީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ޖުލައި މަހުގެ ފަހުކޮޅު ކްރިމިނިލް ކޯޓުން ވަނީ 30 ދުވަސް ޖަހައި ދީފައެވެ. އެ ދެމީހުންގެ ބަންދަށް […]

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް އިތުރުކޮށްފި

  ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފި އެވެ. ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ސޮއިކުރައްވާ މިއަދު ނެރުއްވި ގަރާރެއްގައި ވަނީ އަންނަ މަހުގެ އެކެއްގެ ނިޔަލަށް ކުއްލި ހާލަތުގެ މުއްދަތު ދައްމާލަން ނިންމާފައިވާ ކަމަށެވެ. މުއްދަތު އިތުރުުކުރުމަށް ނިންމީ ރައްޖޭގައި އަދިވެސް ފުޅާ ދާއިރާއެއްގައި ކޮވިޑް ފެތުރުމުގެ ނުރައްކާ އޮތުމުން އެ ނުރައްކާ ކުޑަ ކުރުމަށް ހާއްސަ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ޑިރެކްޓާ […]

ހުރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަން އޮކްޓޯބަރުގައި

  ކ.ހުރާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާކޮމެޓީގެ މެމްބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން އެމަގާމަށް މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އޮކްޓޯބަރުގައި ބާއްވަން އިލެކްޝަން ކޮމިޝަ( އީސީ)ން އިން ނިންމައިފިއެވެ. އީސީން ބުނީ ހުރާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ މެންބަރުކަމަށް އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން، އޮކްޓޯބަރު މަހުގެ 16ވަނަ ދުވަހު ބޭއްވުމަށް  އެކޮމިޝަނުން ނިންމާފައިވާކަމަށެވެ. އީސީން ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިހާބު ކުރަންޖެހޭ މަގާމުތަކަށް ކުރިމަތިލުމަށް އެދޭ […]

ވެކްސިން ނުޖަހާ މީހުންނަށް ޓެކްސީތަކުން ދަތުރުނުކުރެވޭނެ

  ކޮވިޑްން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ޓެކްސީތަކުން ދަތުރު ނުކުރެވޭނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނެފިއެވެ. ޓްރާންޕޯޓްން ބުނީ ކޮވިޑްން ދިފާއުވުމަށް ޖަހަންޖެހޭ ވެކްސިންގެ ޑޯޒް ނުޖަހާ ފަރާތްތަކަށް އަންނަ ބުދަ ދުވަހުން ފެށިގެން ޓެކްސީ ދަތުރުތައް ނުކުރެވޭނެކަމަށެވެ. ޓްރާންސްޕޯޓްން ވަނީ އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރާ ގުޅޭ އާންމު ހިދުމަތްދޭ ފަރާތްތަކުން، ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ޑޯޒްތައް ފުރިހަމަ ނުކުރާ ފަރާތްތަކަށް […]