ކަނދުފަތިތަކަށް ބަދަލުގެންނަ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

Loading

Facebook
Twitter
WhatsApp

 

ދޮށީގެ މަސްވެރިކަމަށް އަމާޒުކޮށްގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިވާ އޮއިވާލި ކަނދުފަތިތަކަށް ބަދަލު ގެނެސް ހަދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފިޝަރީޒް މިނިސްޓްރީން ދީފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ކަނދުފަތިތަކަށް ބަދަލުގެނެސް އަމިއްލައަށް ފަރުމާކުރާ މައްސަލަތައް ދިމާވަމުން އަންނަ ކަމަށާ އެކަން އެގޮތަށް ކުރާ ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން ފަރާތްތަކުން އަމިއްލަ ތަކެތީގައި ކަނދުފަތި ހަރުކުރަމުން ދާކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބެމުންދާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ސަރުކާރުން އޮއިވާލި ކަނދުފަތި ހަރުކުރަމުންދަނީ ކަނދުފަތި ހަރުކުރާ ސަރަހއްދު ސަރވޭކޮށް، ވަކި އުސޫލުތަކެއްގެ ދަށުން ވަކި ގޮތްތަކަށް ކަމަށާ އާންމުން އެއަށް އުނިއިތުރު ގެނައުމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދުގެ ދަށުން، މަނާ ކަމެއްކަމަށެވެ.

އެގޮތުން  ކަނދުފައްޗަށް ގެއްލުން ދިނުމާއި، ކަނދުފަތީގެ އެއްވެސް ބައެއް ނެގުން އަދި ކަނދުފައްޗަށް ބަދަލެއް ގެނައުމަކީ މަނާކަމެކެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިކަމުގެ ގަވާއިދުގައި އެގޮތަށް ހިމަނާފައި ވަނީ، ކަނދުފަތީގެ މަސްވެރިކަމަކީ މަސް ގަންނަ ދުނިޔޭގެ ބާޒާރު ތަކުގައި ނުރަނގަޅު ތަސައްވަރެއް އޮތް ކަމަކަށް ވެފައި، ދިވެހިރާއްޖެއަކީ ބޭރުގެ މަސް ގަންނަ ބާޒާރުތަކަކަށް އިންތިހާއަށް ބަރޯސާވާ ގައުމަކަށް ވާތީ، ކަނދުފަތީގެ މަސްވެރިކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް އޭގެ ނުރަނގަޅު އަސަރު ކުރުމުގެ ފުރުސަތު ކުޑަކުރުމަށް ކަމަށެވެ.

ދޮށީގެ މަސްވެރިކަމަށް ހާއްސަ ކޮށްގެން ރާއްޖޭގައި މިވަގުތު 56 ކަނދުފަތި އަޅާފައިވެއެވެ.

މަސްވެރިކަމުގެ ލާބަޔާއި މަންފާއަށް އެންމެ ފުރަތަމަ ސަރުކާރުން އޮއިވާލި ކަނދުފަތި ހަރުކުރީ 1980 ވަނަ އަހަރުއެވެ. މީގެސަބަބުން ދޮށީގެ މަސްވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބި މަސްވެރިން ކުރަންޖެހޭ ހަރަދު ކުޑަވިއެވެ.

ގާނޫނުގައި ވާގޮތުން އެއްވެސް ބާވަތެއްގެ ކަނދުފައްޗެއް އެޅޭނީ ފިޝަރީޒް މިނިސްޓްރީން އެ މަސައްކަތް ކުރުމަށް ހަވާލުކުރާ ފަރާތްތަކަށެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް