ޒަމާނަށް ފެތޭ ހެއްކާ ބެހޭ ބިލެއް ހުށަހަޅައިފި

Loading

Facebook
Twitter
WhatsApp

 

 

ޒަމާންވީ ގިނަ ދުވަސްވެފައިވާ ހެއްކާބެހޭ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޒަމާނަށް ފެތޭ ގާނޫނެއް އެކުލަވާލުމަށް ޒަމާނަށްފެތޭ ހެއްކާބެހޭ ބިލެއް  ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

 

ސަރުކާރުން ހުށަހެޅި މި ބިލު މަޖިލީހަށް ހުށަހެޅުއްވީ  އެމްޑީޕީގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީއެވެ.މި ބިލްގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައެވެ.

މިހާރު ބޭނުންކުރަމުންދާ ހެއްކާ ބެހޭ ގާނޫނަކީ 1976 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އަންނަ ގާނޫނެކެވެ. ހެއްކާއިބެހޭ ބިލެއް މަޖިލީހަށް ހުށަހަޅާފައި މިވަނީ 45 އަހަރަށްފަހުއެވެ. 19 ބާބެއްގެ މައްޗަށް އެކުލެވޭ  150 މާއްދާ ވަނީ ހިމަނާފައެވެ.

މި ބިލްގައި ހެކީގެ ބާވަތްތަކާއި ހެކި ދަރަޖަ ކުރެވިގެންވާ ގޮތާއި ހެކި ހުށަހެޅުމާއި ހެކި ބަލައިގަތުމާއި ހެކި ބަސް ނެގުމާއި ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ކަނޑައަޅައި ދީފައިވެ އެވެ.

މީގެ އިތުރުން މަދަނީ މައްސަލަތަކުގައާއި ޖިނާއީ މައްސަލަތަކުގައާއި އިސްލާމްދީނުގައި ހައްދު އަދި ގިސާސް ކަނޑައެޅިފައިވާ ކުށްތައް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތުކުރުމުގެ ޒިންމާއާގުޅޭ އުސޫލުތައްވެސް މިބިލުން ކަނޑައެޅިގެންދާނެއެވެ.

މީގެ އިތުރުން ހެކި ހުށަހެޅުމަކާ ނުލައި ސާބިތު ވެގެންވާ ކަންކަމުގެ ގޮތުގައި ކޯޓުން ބަލައިގަންނާނެ ކަންކަން ވެސް ބިލްގައި ބަޔާން ކޮށްފައިވެ އެވެ. އަދި ހެކީގެ ގޮތުގައި ހުށަނޭޅޭނެ އިމްތިޔާޒު ލިބިގެންވާ ކަންކަމާއި އެ ނޫން ވެސް ހެއްކާ ބެހޭ އާންމު އުސޫލުތައް ވެސް ބިލްގައި ކަނޑައަޅާ ދީފައިވެ އެވެ. ހެކި ބަސް ދޭ މީހާއަށް ރައްކާތެރިކަން ދޭން ޖެހޭ ނަމަ އެކަން ކުރާނެ ގޮތްތައް ވެސް ބުނެދީފައިވެ އެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުންދަނީ އެންމެ ހަތް މާއްދާގެ މައްޗަށް އެކުލެވޭ ހެއްކާއި ބެހޭ ގާނޫނަކަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް