މޯލްޑިވިއަނުން ބަންގްލަދޭޝް އަށް ހާއްސަ ދަތުރުތަކެއް

Loading

Facebook
Twitter
WhatsApp

 

މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ހާއްސަ ދަތުރުތަކެއް ކުރުމަށް ނިންމައިފިއެވެ.

މޯލްޑިވިއަނުން މިއަދު ބުނީ މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15، 22 އަދި 29 ވަނަ ދުވަހު ކަމަށެވެ.

އަދި  ހާއްސަ ދަތުރުތަކެއް ބާއްވަން ނިންމާފައިވަނީ މި ދުވަސްވަރު ޑާކާއަށް އޮތް ޑިމާންޑް އިތުރުވުމުން ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

މޯލްޑިވިއަނުން މިހާރުވަނީ މި ދަތުރު ތަކަށް ރިޒަވޭޝަން ހެދުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ.

އަވަށްޓެރި އިންޑިއާ ހިމެނޭގޮތުން ސައުތު އޭޝިއާގެ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވައިލީ ޖޫން 29 ވަނަ ދުވަހުއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް