ފައިނުގައި ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާއެކު ލައިބްރަރީއެއް ގާއިމްކޮށްފި

  ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑްގެ އެހީތެރިކަމާ އެކު ރ. ފައިނުގައި ލައިބްރަރީއެއް ގާއިމްކޮށްފިއެވެ. މި ލައިބްރަރީ އަކީ އެރަށު ފޭސް ޖަމިއްޔާ އިން އިސްނަގައިގެން ބީއެމްއެލް އަހަރެންގެ ބެންކް ކޮމިއުނިޓީ ފަންޑުން ހަރަދުކޮށްގެން  ގާއިމް ކުރި ލައިބްރަރީއެކެވެ. ކޮމްޕިއުޓާ ލެބަކާ އެކު ގާއިމު ކޮށްފައިވާ މި ލައިބްރަރީ ތަފާތު ގިނަ ފޮތްތައް ބަހައްޓާފައި ވެއެވެ. އެރަށު ކޮމިއުނިޓީ ސެންޓަރު ގައި ގާއިމް ކޮށްފައިވާ މި ލައިބްރަރީ ކުރިމަތީގައި އޮތް ހުސް ބިމުގައި ފޮތްކިޔަން ތިބެވޭނެހެން ބެޗް ބަހައްޓައި […]

އެމްޑީޕީގެ އިންތިހާބުގައި ވޯޓް ލެވޭ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި

    އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓް އެ ޕާޓީން އާންމުކޮށްފި އެވެ.   އެމްޑީޕީން ބުނީ އެ ޕާޓީގެ ދާއިރާތަކުގެ އިންތިހާބުގައި ވޯޓް ލެވޭނީ ހަމައެކަނި އެ ލިސްޓްގައި ވާމީހުން އެކަނިކަމަށެވެ. އަދި ވޯޓުލާން ދިއުމުގެ ކުރިން ދާއިމީ ލިސްޓުގައި ނަން އޮތްތޯ ބަލައި ޗެކް ކުރުމަށްވެސް އެޕާޓީން ވަނީ އެދިފަ އެވެ. މިލިސްޓަށް ޝަކުވާ ހުށަހެޅުއްވުމަށް މިއަދުން ފެށިގެން ހޯމަ ދުވަހުގެ މެންދުރު 12:00 އާއި ހަމައަށް ވަނީ ފުރުސަތު […]

ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު އެކުލަވާލައިފި

އަލުން އެކުލަވާލި ތައުލީމުގެ ގާނޫނުގެ ދަށުން އުފައްދަންޖެހޭ ”ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑު“ މިއަދު އެކުލަވާލައްވައިފިއެވެ. މިދިޔަ އަހަރު ފާސްކުރި ތައުލީމުގެ ގާނޫނުގައިވާ ގޮތުން އެ ގާނޫނުނަށް އަމަލުކުރަން ފަށާތާ މަސް ދުވަހުގެ ތެރޭގައި ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ”ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު“ އެޑިޔުކޭޝަން މިނިސްޓްރީން އެކުލަވާލަން ޖެހެ އެވެ. ބޯޑަށް އައްޔަނުކުރެއްވި މެންބަރުން ރަޖިސްޓްރާ: އައިޝަތު އާތިޔާ ނަސީރު (އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު) އެޑިޔުކޭޝަނަލް މެނޭޖްމަންޓް ދާއިރާ ނުވަތަ ތައުލީމީ ސިޔާސަތުގެ ދާއިރާ: ނަހުޒާ ޝަރީފް […]

ޖާބިރު އާއި ދިއާނާ ކައިވެނި ރުޖޫއަ ކުރައްވައިފި

  ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުއްލާ ޖާބިރާއި އޭނާގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދުގެ ކައިވެނި ރުޖޫއަ ކުރައްވައިފިއެވެ. ޖާބިރުއާއި ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވަނީ ކައިވެނި ރުޖޫއަކުރެއްވީ އަނބިކަންބަލުން ދިޔާނާ އާއި އޭނާ ވެސް ބޭނުންވެގެން ކަމަށާ އެ ދެ ބޭފުޅުންވެސް އެދެނީ އެކީގައި ދިރިއުޅުއްވުން ކުރިއަށް ގެންދިއުމަށް ކަމަށެވެ. ޖާބިރާއި ދިޔާނާގެ ކައިވެނި ރޫޅުނުތާ މާގިނަ ދުވަހެއް އަދި ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ […]

މާލޭގައި ވައި ނުސާފްވާ މިންވަރު ބެލޭނެ ނިޒާމެއް ގާއިމު ކޮށްފި

މާލޭގައި ވައި ނުސާފްވާ މިންވަރު ދެނެގަނެވޭނެ ނިޒާމެއް އެންވަޔަރަމަންޓް މިނިސްޓްރީން ގާއިމްކޮށްފި އެވެ. އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ނިޒާމުން ކޮންމެ މީހަކަށްވެސް މާލެސިޓީގައި ވައި ނުސާފްވާ މިންވަރު ދެނެގަނެވޭނެކަމަށެވެ. ބައިނަލްއަގުވާމީ ”ކްލީން އެޔާ ޑޭ ފޯ ބްލޫ ސްކައިސް“ ފާހަގަ ކުރވައި ކުރެއްވި ޓްވީޓެއްގައި އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ މާލޭގައި ވައިގެ ކޮލިޓީ ދެނެގަނެވޭނެ ނިޒާމެއް ގާއިމް ކުރެވިފައިވާ ކަމަށާ މާލޭ ނޫން […]

ކަޅުދިޔަފުށި ވިއްކާލަން އަނެއްކާވެސް އިއުލާން ކޮށްފި

    ކުރެޑިޓް ފެސިލިޓީއަކަށް ފައިސާ ނުދައްކައިގެން ތ. ކަޅުދިޔަފުށި ވިއްކާލުމަށް އަނެއްކާ އިއުލާން ކޮށްފި އެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ވަނީ ކަޅުދިޔަފުށި ވިއްކާލުމުގެ ގޮތުން އެރަށް ގަންނަން ބޭނުންވާ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. ބީއެމްއެލްއިން ކޮށްފައިވާ އިއުލާނުގައިވާގިތުން މި ރަށަށް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 10 ވަނަ ދުވަހުގެ ކުރިން ބިޑް ހުށަހަޅަންޖެހެއެވެ. އަދި ބިޑް ހުށަހަޅާ ބިޑް ކާމިޔާބު ކުރާ ފަރާތަކުން ބިޑް […]

އެޕާޓްމަންޓާ ހަމައިން ކުނި ނަގާގޮތަށް ހަމަޖައްސަނީ

    ގޭގެއިން އުކާލާ ކުނި އެޕާޓްމަންޓާ ހަމައަށް ގޮސް ކުނި ނަގާގޮތަށް ހަމަޖައްސަން ނިންމާފައިވާ ކަމަށް ވެމްކޯއިން ބުނެފިއެވެ. ވެމްކޯ އިން މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ އެކުންފުނީގައި ރަޖިސްޓްރީ ކޮށްފައިވާ ގޭބީސީތަކުގެ ކުނިތައް މިމަހުގެ 15 އިން ފެށިގެން ކުރިއެކޭ ވެސް އެއްގޮތައް ކޮންމެ އެޕާޓްމަންޓަކާއި ހަމައަށް ވެމްކޯގެ މުވައްޒަފުން ގޮސް ކުނި ނަގުމަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އާދަމް ވިދާޅުވީ ކުނި […]

ދަރިވަރުންގެ ނާސްތާ ޕްރޮގްރާމް ޖެނުއަރީގައި އަލުން ފަށުމަށް ތައްޔާރުވަނީ

      އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންނަށް ކުރިއަށްގެންދާ ނާސްތާ ޕްރޮގްރާމް އަންނަ ޖެނުއަރީމަހު އަލުން ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އިއްޔެ ވިދާޅުވީ އަންނަ ޖެނުއަރީމަހު ހުއްޓާލުމަށް އުޅޭކަމަށް ބައެއް ނޫސްތަކުން ހަބަރުފަތުރާފައި ވަނިކޮށް އެޑިއުކޭޝަން މިނިސްޓްރީން އެކަން ދޮގުކޮށްފިއެވެ. ދުޅަހެޔޮ ސިއްޙަތެއްގެ މަތީގައި ދަރިވަރުންނަށް ތިބެވޭނެ ޕްރޮގްރާމެއްގެ ގޮތުން ހެނދުނު ދަންފަޅީގައި ކިޔަވާ ދަރިވަރުންނަށް ނާސްތާ ޕްރޮގްރާމް ފެށީ 2019 އަހަރުގެ ޖޫން 11 ގައެވެ. […]

ރައީސުލް ޖުމްހޫރިއްޔާ ށ އަދި ރ އަތޮޅުގެ ރަށްތަކަށް ދަތުރުފުޅު ފަށްޓަވައިފި

  ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ށ އަދި ރ އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި، ށ އަތޮޅުގެ ހަތަރު ރަށަކަށާއި ރ އަތޮޅުގެ ހަތަރު ރަށަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ށ. ފުނަދޫ، ށ. ޅައިމަގު، ށ. ފޯކައިދޫ، ށ. މާއުނގޫދޫ، ރ. ވާދޫ، ރ. އަލިފުށި، ރ. ރަސްގެތީމު އަދި ރ. އޮނގޮޅިތީމެވެ. ރައީސް އޮފީހުން ބުނީ ރައީސުލް […]

ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ

  ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ އެވެ. މި ފަތުރުވެރިޔާ މަރުވެފައިވަނީ ޅ. ކުރެއްދޫ ރިސޯޓުގެ މޫދަށް އެރިގެން އުޅެނިކޮށް ގެނބިގެންނެވެ. ފުލުހުން ބުނީ ފަތުރުވެރިޔަކު ގެނބިގެން މަރުވެފައިވާ ހާދިސާގެ ރިޕޯޓް މިއަދު 11:40 ހާއިރު ލިބުނުކަމަށެވެ. މިހާދިސާގައި މަރުވެފައިވަނީ އުމުރުން 40 އަހަރުގެ އިންޑިއާގެ ރައްޔިތެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނީ އަދި މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. މި ފަތުރުވެރިޔާ ގެނބުނީ ކިހިނެތްކަމެއް ސާފެއް ނުވެއެވެ. ނަމަވެސް […]