ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

 

ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ އެވެ.

މި ފަތުރުވެރިޔާ މަރުވެފައިވަނީ ޅ. ކުރެއްދޫ ރިސޯޓުގެ މޫދަށް އެރިގެން އުޅެނިކޮށް ގެނބިގެންނެވެ.

ފުލުހުން ބުނީ ފަތުރުވެރިޔަކު ގެނބިގެން މަރުވެފައިވާ ހާދިސާގެ ރިޕޯޓް މިއަދު 11:40 ހާއިރު ލިބުނުކަމަށެވެ. މިހާދިސާގައި މަރުވެފައިވަނީ އުމުރުން 40 އަހަރުގެ އިންޑިއާގެ ރައްޔިތެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ އަދި މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މި ފަތުރުވެރިޔާ ގެނބުނީ ކިހިނެތްކަމެއް ސާފެއް ނުވެއެވެ. ނަމަވެސް އޭނާ މޫދުން ނެގި އިރު އެއްވެސް ހަރަކާތެއް ނެތްކަމަށް ވެއެވެ.

މިހާދިސާ އާއި ގުޅިގެން އެއަތޮޅު ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ ޓީމެއް ކުރެއްދޫ ރިސޯޓްގައި މިހާރު އަންނަނީ ހަރަކާތްތރި ވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް