އެމްޑީޕީގެ އިންތިހާބުގައި ވޯޓް ލެވޭ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި

Loading

Facebook
Twitter
WhatsApp

 

 

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓް އެ ޕާޓީން އާންމުކޮށްފި އެވެ.

 

އެމްޑީޕީން ބުނީ އެ ޕާޓީގެ ދާއިރާތަކުގެ އިންތިހާބުގައި ވޯޓް ލެވޭނީ ހަމައެކަނި އެ ލިސްޓްގައި ވާމީހުން އެކަނިކަމަށެވެ.
އަދި ވޯޓުލާން ދިއުމުގެ ކުރިން ދާއިމީ ލިސްޓުގައި ނަން އޮތްތޯ ބަލައި ޗެކް ކުރުމަށްވެސް އެޕާޓީން ވަނީ އެދިފަ އެވެ.

މިލިސްޓަށް ޝަކުވާ ހުށަހެޅުއްވުމަށް މިއަދުން ފެށިގެން ހޯމަ ދުވަހުގެ މެންދުރު 12:00 އާއި ހަމައަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. ނަމަވެސް  މިލިސްޓަށް އައު ޝަކުވާ އެއް ހުށަހެޅުއްވުމަށް ފުރުސަތު ނެތް ކަމަށް ވެސް އެ ޕާޓީން ހާމަކުރެއެވެ.

އެމްޑޕީން ބުނީ މި ލިސްޓަކީ ކުރިން އިއުލާނު ކުރި ލިސްޓަށް ހުށައެޅި ޝަކުވާ  ބަލާ، ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްފަހު އާންމު ކުރި  ދާއިމީ ލިސްޓް ކަމަށެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 25 ގައެވެ.

ދާއިރާ ތަކުގެ އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރުމަށް ވަނީ ނިންމާފަ އެވެ. މި އިންތިޚާބުގައި 730 ކެނޑިޑޭޓުން ވާދަކުރެ އެވެ.

އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި 900 މީހުން ހަރަކާތްތެރިވާއިރު 300 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. އެމްޑީޕީގެ ދަފްތަރުގައިވާ ގޮތުން އެ ޕާޓީގައި 93،354 މެމްބަރުން އެބަތިއްބެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް