ފައިނުގައި ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާއެކު ލައިބްރަރީއެއް ގާއިމްކޮށްފި

Loading

Facebook
Twitter
WhatsApp

 

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑްގެ އެހީތެރިކަމާ އެކު ރ. ފައިނުގައި ލައިބްރަރީއެއް ގާއިމްކޮށްފިއެވެ.

މި ލައިބްރަރީ އަކީ އެރަށު ފޭސް ޖަމިއްޔާ އިން އިސްނަގައިގެން ބީއެމްއެލް އަހަރެންގެ ބެންކް ކޮމިއުނިޓީ ފަންޑުން ހަރަދުކޮށްގެން  ގާއިމް ކުރި ލައިބްރަރީއެކެވެ.

ކޮމްޕިއުޓާ ލެބަކާ އެކު ގާއިމު ކޮށްފައިވާ މި ލައިބްރަރީ ތަފާތު ގިނަ ފޮތްތައް ބަހައްޓާފައި ވެއެވެ.

އެރަށު ކޮމިއުނިޓީ ސެންޓަރު ގައި ގާއިމް ކޮށްފައިވާ މި ލައިބްރަރީ ކުރިމަތީގައި އޮތް ހުސް ބިމުގައި ފޮތްކިޔަން ތިބެވޭނެހެން ބެޗް ބަހައްޓައި ފޮތް ހަރުގަނޑު ވަނީ ބަހައްޓާފައެވެ.

އަދި މީގެ އިތުރުން ރަށުގެ އަތިރިމަތީގައި މީހުން އެއްވެ އެޅޭ ތިން ސަރަހައްދެއްގައި ފޮތް ހަރުތަކެއް ބަހައްޓައި ގިނަ މީހުންނަށް ފޮތް ކިޔޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ

ފޭސް ޖަމިއްޔާއިން ބުނީ  މި ލައިބްރަރީ ހުޅުވީ ފޮތްތަކަށް އަހުލުވެރި އިލްމީ މުޖުތަމައު އެއް ބިނާ ކުރުމުގެ މަގްސަދުގައި ކަމަށެވެ.  މި ލައިބްރަރީގެ ސަބަބުން ސްކޫލް ދަރިވަރުންނާއި، މަތީ ތައުލީމް ހާސިލުކުރާ ދަރިންވަރުންނާއި ދިރާސާ ކުރާ ފަރާތްތަކަށް މައުލޫމާތު ހޯދުމުގައި ވަރަށް ބޮޑު އެހީއަކަށް ވެގެން ދާނެ ކަމަށް ވެސް އެޖަމިއްޔާއިން ބުނެއެވެ.

ބީއެމްއެލްގެ އަހަރެންގެ ބެންކް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެގޮތުން އެކުލަވާލާފައިވާ ފަންޑެކެވެ.

މި ފަންޑުގެ ދަށުން މިހާތަނަށް 50 ރަށެއްގައި މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެވިފައި ވާކަމަށް ބޭންކުން ބުނެއެވެ.

އަހަރެންގެ ބެންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިއަހަރުގެ ކޮންމެ ކުއާޓާ އެއްގައި ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރާކާތް ހިންގުމަށް 50،000 ރުފިޔާގެ އެހީ ދިނުމަށް ބީއެމްއެލުން ވަނީ ނިންމާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް