ޖާބިރު އާއި ދިއާނާ ކައިވެނި ރުޖޫއަ ކުރައްވައިފި

Loading

Facebook
Twitter
WhatsApp

 

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުއްލާ ޖާބިރާއި އޭނާގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދުގެ ކައިވެނި ރުޖޫއަ ކުރައްވައިފިއެވެ.

ޖާބިރުއާއި ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވަނީ ކައިވެނި ރުޖޫއަކުރެއްވީ އަނބިކަންބަލުން ދިޔާނާ އާއި އޭނާ ވެސް ބޭނުންވެގެން ކަމަށާ އެ ދެ ބޭފުޅުންވެސް އެދެނީ އެކީގައި ދިރިއުޅުއްވުން ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ޖާބިރާއި ދިޔާނާގެ ކައިވެނި ރޫޅުނުތާ މާގިނަ ދުވަހެއް އަދި ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ ބޭފުޅުންގެ ވަރީގެ މައްސަލަ ނިމުނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.

ޖާބިރު މީގެ ކުރިން ވިދާޅުވީ ދެބޭފުޅުންގެ ކައިވެނި ރޫޅުނީ މަޝްވަރާ ކުރުމަށްފަހު ދެ ބޭފުޅުންވެސް ދުރުވުމަށް ބޭނުންވެގެން ކަމަށެވެ.

އެ ދެ ބޭފުޅުންގެ ދެމެދުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާ ކައިވެނި ރޫޅާލި ނަމަވެސް ދިޔާނާއާއި އަލުން ގުޅެން ބޭނުންވާ ކަމަށް ވެސް އޭރު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މަޝްހޫރު ވިޔަފާރަވެރިޔާ ޖާބިރު ވިދާޅުވެފައިވެއެވެ.

 

ޖާބިރާއި ދިޔާނާގެ ކައިވެންނި އރޫޅުނީ އެކައިވެންޏަށް 15 އަހަރު ފަހުންނެވެ.އަދި ދެ ބޭފުޅުންނަށް ދެ ދަރިކަލުންވެސް ލިބިވަޑައިގެންފައިވެއެވެ.

 

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް