ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު އެކުލަވާލައިފި

Loading

Facebook
Twitter
WhatsApp

އަލުން އެކުލަވާލި ތައުލީމުގެ ގާނޫނުގެ ދަށުން އުފައްދަންޖެހޭ ”ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑު“ މިއަދު އެކުލަވާލައްވައިފިއެވެ.

މިދިޔަ އަހަރު ފާސްކުރި ތައުލީމުގެ ގާނޫނުގައިވާ ގޮތުން އެ ގާނޫނުނަށް އަމަލުކުރަން ފަށާތާ މަސް ދުވަހުގެ ތެރޭގައި ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ”ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު“ އެޑިޔުކޭޝަން މިނިސްޓްރީން އެކުލަވާލަން ޖެހެ އެވެ.

ބޯޑަށް އައްޔަނުކުރެއްވި މެންބަރުން

  • ރަޖިސްޓްރާ: އައިޝަތު އާތިޔާ ނަސީރު (އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު)
  • އެޑިޔުކޭޝަނަލް މެނޭޖްމަންޓް ދާއިރާ ނުވަތަ ތައުލީމީ ސިޔާސަތުގެ ދާއިރާ: ނަހުޒާ ޝަރީފް (އެޑިޔުކޭޝަން އޮފިސަރު)
  • ކިޔަވައިދިނުމުގެ ދާއިރާ: ޔުސްރާ މުރާދު (އެޑިޔުކޭޝަން އޮފިސަރު)
  • ތަޢުލީމީ މަންހަޖު އެކުލަވާލުމުގެ ދާއިރާ: އާމިނަތު މުހައްމަދު (އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރު ކޯޑިނޭޓަރު)
  • ޗައިލްޑް ސައިކޮލޮޖީ ނުވަތަ އެޑިޔުކޭޝަނަލް ސައިކޮލޮޖީގެ ދާއިރާ: ފައުޒިއްޔާ އަލީ (އެޑިޔުކޭޝަން އޮފިސަރު)

ރާއްޖޭގެ ޓީޗަރުން ރަޖިސްޓަރީކޮށް ޓީޗަރުންނަށް ލައިސަންސްދި ނުމުގެ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލާނީ އެ ބޯޑުންނެވެ.
ތައުލީމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހުއެވެ.
މި ނޫނުގެ މައިގަނޑު މަގްސަދަކީ އުނގެނުމުގެ ހައްގ ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ކަށަވަރުކޮށްދީ، މުދައްރިސުންގެ ހައްގުތައް ރައްކާތެރިކޮށްދޭނެ ނިޒާމެއް ދިވެހިރާއްޖޭގައި ގާއިމުކުރުމެވެ. ހަމަ އެއާއެކު، އިސްލާމީ އަގީދާއާއި އިސްލާމީ ތަރުބިއްޔަތު އުނގަންނައިދޭ، އަދި އިސްލާމީ ޝަރީއަތާއި އަގީދާއާ ފުށުނާރާނެހެން އިންސާނީ ހައްގުތަކަށް އިހްތިރާމުކުރުމަށާއި، އާންމުކޮށް އެންމެންގެ މެދުގައި ސުލްހަމަސަލަސްކަމާއި ރަހްމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިންމުކަން އުނގަންނައިދޭ، އެ ކަންކަމަށް ބާރުއަޅާ ތައުލީމީ ނިޒާމެއް ގާއިމުކުރުން ވެސް މި ގާނޫނު މަގްސަދުތަކުގައި ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް