ދަރިވަރުންގެ ނާސްތާ ޕްރޮގްރާމް ޖެނުއަރީގައި އަލުން ފަށުމަށް ތައްޔާރުވަނީ

Loading

Facebook
Twitter
WhatsApp

 

 

 

އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންނަށް ކުރިއަށްގެންދާ ނާސްތާ ޕްރޮގްރާމް އަންނަ ޖެނުއަރީމަހު އަލުން ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އިއްޔެ ވިދާޅުވީ އަންނަ ޖެނުއަރީމަހު ހުއްޓާލުމަށް އުޅޭކަމަށް ބައެއް ނޫސްތަކުން ހަބަރުފަތުރާފައި ވަނިކޮށް އެޑިއުކޭޝަން މިނިސްޓްރީން އެކަން ދޮގުކޮށްފިއެވެ.

ދުޅަހެޔޮ ސިއްޙަތެއްގެ މަތީގައި ދަރިވަރުންނަށް ތިބެވޭނެ ޕްރޮގްރާމެއްގެ ގޮތުން ހެނދުނު ދަންފަޅީގައި ކިޔަވާ ދަރިވަރުންނަށް ނާސްތާ ޕްރޮގްރާމް ފެށީ 2019 އަހަރުގެ ޖޫން 11 ގައެވެ. އަދި ކޮވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން ނާސްތާ ޕްގްރާމް މިހާރު ވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ސްކޫލް ކުދިންނަށް ދެމުން އައި ނާސްތާ ޕްރޮގްރާމް އަންނަ ޖެނުއަރީމަހު އަލުން ފެށުމަށް އެ މިނިސްޓްރީން މަސައްކަތްކުރަމުން ގެންދާކަމަށެވެ.

ނާސްތާ ޕްރޮގްރާމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންނަށް ކުރިއަށްގެންދާ ނާސްތާ ޕްރޮގްރާމް މިއަހަރު ކުރިއަށް ނުގެންދާތީ ބައެއް ނޫސްތަކުންވަނީ  ދަރިވަރުންގެ ނާސްތާ ޕްރޮގްރާމް ހުއްޓާލަން އެޑިއުކޭޝަނުން އުޅޭކަމަށް ބުނެ ހަބަރުވެސް ފަތުރާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް