މަސްތުވާތަކެތި ވިއްކާ މީހުން އަނބިދަރިންނަށް ކާންދެނީ ކަނޑައެޅިގެން އަލިފާން: ހުތުބާ

  މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ލިބޭ ފައިސާއަކީ ހަރާމް ފައިސާއެއް ކަމަށާ އެކަން ކުރާފަރާތްތަކުން އަނބިދަރިންނަށް ކާންދެނީ ކަނޑައެޅިގެނ އަލިފާންކަމަށް މިއަދުގެ ހުކުރު ހުތުބާއި ބުނެފިއެވެ. ”މަސްތުގެ ވަބާއިން މުޖުތަމައު ސަލާމަތް ކުރަމާ“ މި މައުޟޫއަށް ހާއްސަކޮށްފައިވާ މިއަދުގެ ހުތުބާގައި ބުނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާމީހުންގެ މުޅި ހަޔާތް ބިނާކުރަނީ ހަރާމް ވިޔަފާރިއެއްގެ މަށްޗަށް ކަމަށެވެ. “ މަސްތުވާތަކެތީގެ ވިޔަފާރިން ލިބޭ ފައިސާ އަކީ ކަނޑައެޅިގެން ހަރާމް ވެގެންވާ އެއްޗެއް. މިއަދު ތިބާ އެންމެ ލޯބިވާ އަނބިދަރިންނަަށް […]

ފެނަކައިގެ ކުރީގެ އިސް ވެރިޔަކަށް ދައުވާކުރުމަށް ފޮނުވައިފި

  ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޕްރޮކިއުމަންޓް ޑިޕާޓްމެންޓްގެ ކުރީގެ އިސްވެރިޔާ މަރްޔަމް ދީނާ ސޯލިހްގެ މައްޗަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް އިއްޔެ ފޮނުވައިފިއެވެ. ދީނާގެ މަށްޗަށް ދައުވާކުރަނީ 2018 ވަނަ އަހަރުގެ ތެރޭގައި ފެނަކައިން ކުއްޔަށް ހިފާފައިވާ ދޯންޏަކީ ދީނާއާ ގާތްގުޅުން އޮންނަ ކުންފުންޏަކުން ގަނެފައިވާ ދޯންޏެއް ކަމަށް ބުނާ މައްސަލައެއްގައެވެ. މިމައްސަލައިގެ ތަހުގީގު އޭސީސީން ނިންމާފައިވާއިރު އެކޮމިޝަނުން ބުނެފައިވަނީ 2018 ވަނަ އަހަރުގެ މެއި މަހުން […]

ނަފްސާނީ ދުޅަހެޔޮ ކަމުގެ ދާއިރާއިން ސްކޮލާޝިޕްތަކެއް

  ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި ދާއިރާތަކުން ސްކޮލަރޝިޕްތަކަށް ކުރިމަތި ލުމުގެ ފުރުސަތުހަޔާ އެޑިއުކޭޝަނުން ހުޅުވާލައިފިއެވެ.   ހުރިހާ ހަރަދެއް ސަރުކާރުން ކުރާގޮތަށް ހަމަޖައްސާފައިވާ މި ސްކޮލާޝިޕް ތަކަށް ހުޅުވާލާފައިވަނީ  46 ފަރާތަކަށެވެ. ކިޔެވުމަށް ހުޅުވާލާފައިވާ ކޯސްތަކާއި އެކޯސްތަކަ ދިނުމަށް ހަމަޖައްސާފައިވާ މުވައްސަސާތައް އައިޖީއެމްއެޗް މާސްޓާސް އިން ނާސިން (ސައިކިއޭޓްރިކް ނާސިން/މެންޓަލް ހެލްތު ނާސިން) – 4 ފުރުސަތު މާސްޓާސް އިން ކްލަނިކަލް ސައިކޮލޮޖީ – 2 ފުރުސަތު މާސްޓާސް އިން ކައުންސެލިން/ސައިކޯތެރަޕީ – 2 ފުރުސަތު މާސްޓާސް […]

ގަވާއިދާ ހިލާފަށް ރާއްޖެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުންދިޔަ ބޯޓްތަކެއް އަތުލައިގެންފި

  ގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ދެ މަސްބޯޓުތަކެއް ރާއްޖެ ސިފައިން އަތުލައިގެންފި އެވެ. އެމްއެންޑީއެފްން  ބުނީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ދެ ބޯޓެއް ހުއްޓުވައި ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮފައިވާ ކަމަށެވެ. އޭގެތެރެއިން އެއް ބޯޓު އަތުލައިގެންފައި ވަނީ މި މަހުގެ 11 ވަނަ ދުވަހު އެވެ. ދެވަނަ ބޯޓު އަތުލައިގެންފައި ވަނީ 13 ވަނަ ދުވަހުގެ ރޭ ކަމަށް ވެސް ސިފައިން […]

ގައިދީއަކު މަރުވުމާއި ގުޅިގެން ކުއްލި މައްސަލަ އެއް މަޖިލީހަށް

    ހުޅުމާލޭ ޖަލުގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު ކުއްލިގޮތަކަށް ރޭ މަރުވި މައްސަލައިގައި ކަމާ ބެހޭ ފަރާތްތަލުން އިހުމާލު ވެފައިވާކަމަށް އާއިލާއިން ކުރާ ތުހުމަތު ތަހުގީގުކޮށްދިނުމަށް ގޮވާލާ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމުން ބަލައިގަތީ 24 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ. މި މައްސަލައިގައި […]

ބަދަލު ދިނުމުގައި އަމަލުކުރާ ގޮތާމެދު  އޭސީސީ އިން ސުވާލު އުފެއްދުމުން ރައީސް އޮފީހުން ރައްދު ދީފި

  ދައުލަތުން ދައުލަތުން މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގައި އަމަލުކުރާ ގޮތާ މެދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސުވާލު އުފެއްދުމުން ރައީސް އޮފީހުން އެކަމަށް ރައްދުދީފިއެވެ. ބަދަލު ދިނުމުގެ ކަންކަން ދައުލަތުން ކުރަމުންދާ ގޮތް ބަލައި ދިރާސާކުރުމަށްފަހު އޭސީސީން ނެރުނު ހުދުކަރުދާސް ރިޕޯޓްގައި ވަނީ ދައުލަތުން މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލުދޭ ގޮތުގެ ނިޒާމުގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެއްދާފައެވެ. ހުދުކަރުދާސް ރިޕޯޓަކީ ދައުލަތާ ގުޅުންހުރި ކަންކަމުގައި ކޮރަޕްޝަންގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން އެކި ދާއިރާތަކުގައި […]

އަނިޔާކުރި މައްސަލައިގައި ފުލުހުން ގަސްތުގައި ތަހުގީގު ކުރިއަށް ނުގެންދިއުމަށް މަސައްކަތްކުރާކަމަށް ސިފަވޭ: އިންތި

  ކޮޓަރިއެއްގެ ތެރޭގައި ޒުވާނަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯގެ މައްސަލައިގައި ފުލުހުން ގަސްތުގައި ތަހުގީގު ކުރިއަށް ނުގެންދިއުމަށް މަސައްކަތް ކުރާކަމަށް ސިފަވާކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ. ލ. ކަލައިދޫ، ސުވީޓްހާޓު، އަހުމަދު ސިރާޖަށް ފުލުހުން އަނިޔާ ކޮށްފައިވާ ކަމަށް ބުނާ މައްސަލައިގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ރިޕޯޓެއް މިއަދު މަޖިލީހަށް ހުށަހަޅާފައިވާއިރު އެ ރިޕޯޓުގައިވާ ކަންކަމަށް ތާއީދުކުރައްވާ ވާހަކަފުޅު ދައްކަވަމުން އިންތި ވިދާޅުވީ އަނިޔާގެ ވާހަކަ […]

ބޯ ފެނަށް ޖެހޭ ރަށްރަށަށް ފެން ފޯރު ކޮށްދޭނެ ބަޔަކު ހޯދަނީ

  ހޫނުމޫސުމުގައި ބޯފެނަށް ޖެހޭ ރަށްރަށަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް އެންވަޔަރަންމަންޓްން މިނިސްޓްރީން ފަށައިފިއެވެ. ބޯފެން ފޯރުކޮށްދޭނެ ބަޔަކު ހޯދުމަށް އެ މިނިސްޓްރީން އިއުލާނެއް ކޮށްފައިވާއިރު ފެންފޯރުކޮށްދިނުމަށް ރާއްޖޭގެ ރަށްތަށް ވަކި ވާނެ ހެން ލޮޓް ތަކަށް ވަނީ ބަހާލާފައެވެ. ލޮޓް ތަކަށް ބަހާފައިވާ ގޮތް : ލޮޓް 1: ހއ.އުލިގަން، ހއ.މުޅަދޫ، ހއ.ކެލާ، ހއ.ވަށަފަރު، ހއ.ފިއްލަދޫ، ހއ.މާރަންދޫ، ހއ.ތަކަންދޫ، ހއ.އުތީމް، ހއ.މުރައިދޫ، ހއ.ބާރަށް، ހދ.ފިނޭ، ހދ.ނާވައިދޫ، ހދ.ހިރިމަރަދޫ، ހދ.ނޮޅިވަރަންފަރު، ހދ.ކުރިނބި، […]

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމް ދެ މުނާސަބަތެއްގައި ދިނުމަށް ނިންމަވައިފި

    މިދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމް ދެ މުނާސަބަތެއްގައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް  ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ ދައުލަތަށް ހިދުމަތްކުރުމުގެ އިނާމް ދެ މުނާސަބަތެއްގައި ދެއްވުމަށް ނިންމެވީ މި އިނާމަށް އެދި ގިނަ އަދަދެއްގެ ބަޔަކު ފޯމު ހުށަހަޅުއްވާފައިވާތީކަމަށެވެ. ރަރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، ގައުމީ އިނާމާބެހޭ ކޮމިޓީއާ އެމަނިކުފާނު މިއަދު ބައްދަލުކުރައްވައި، ގައުމީ އިނާމާއި، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާބެހޭ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދަވާގޮތާ ބެހޭގޮތުން ކޮމިޓީގެ […]

މާލެ އަތޮޅު ކައުސިލް އިދާރާގެ  ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި

  ކ. ތުލުސްދޫގައި ހުންނަ އަތޮޅުކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި، ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ. މި އަތޮޅުކައުންސިލް އޮފީސް ފަޅާލާ ފައިވަނީ ރޭ ގެ ވަގުތެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ތިޖޫރީ ފަޅާލިއިރު ތިޖޫރީގައި ލައްކަ އަކާ ގާތްކުރާ އަދަދަކަށް ފައިސާ ހުއްޓެވެ. ފުލުުހުން ބުނީ ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލި މައްސަލަ މިއަދު ހެނދުނު 8:15 ގައި އެ މުއައްސަސާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ ޓީމެއް […]