ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމް ދެ މުނާސަބަތެއްގައި ދިނުމަށް ނިންމަވައިފި

Loading

Facebook
Twitter
WhatsApp

 

 

މިދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމް ދެ މުނާސަބަތެއްގައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް  ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ދައުލަތަށް ހިދުމަތްކުރުމުގެ އިނާމް ދެ މުނާސަބަތެއްގައި ދެއްވުމަށް ނިންމެވީ މި އިނާމަށް އެދި ގިނަ އަދަދެއްގެ ބަޔަކު ފޯމު ހުށަހަޅުއްވާފައިވާތީކަމަށެވެ.

ރަރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، ގައުމީ އިނާމާބެހޭ ކޮމިޓީއާ އެމަނިކުފާނު މިއަދު ބައްދަލުކުރައްވައި، ގައުމީ އިނާމާއި، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާބެހޭ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދަވާގޮތާ ބެހޭގޮތުން ކޮމިޓީގެ މެންބަރުންނާ މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ ގައުމީ އިނާމާބެހޭ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް މިހާ ގިނަ އަދަދެއްގެ ބޭފުޅުން ކުރިމަތިލެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މިކަމާގުޅޭ ގޮތުން ކޮމިޓީގެ ހިޔާލު ހޯއްދެވުމަށްފަހު، އެއް ޖަލްސާއެއްގައި އެހާ ގިނަ އަދަދެއްގެ ބޭފުޅުންނަށް އިނާމު ނުދެއްވޭނެތީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގެ އިތުރުން، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައިވެސް މި އިނާމު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

 

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ފޯމު ހުށަހެޅުމުގެ މުއްދަތު، މިދިޔަ އޮގަސްޓު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު ޖުމްލަ 270 ފަރާތަކުން ވަނީ ފޯމު ހުށަހަޅުއްވައިފައެވެ. އަދި ގައުމީ އިނާމަށް މިއަހަރު 72 ފަރާތަކުން ފޯމު ހުށަހަޅާފައި ވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް