މާލެ އަތޮޅު ކައުސިލް އިދާރާގެ  ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި

Loading

Facebook
Twitter
WhatsApp

 

ކ. ތުލުސްދޫގައި ހުންނަ އަތޮޅުކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި، ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.

މި އަތޮޅުކައުންސިލް އޮފީސް ފަޅާލާ ފައިވަނީ ރޭ ގެ ވަގުތެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ތިޖޫރީ ފަޅާލިއިރު ތިޖޫރީގައި ލައްކަ އަކާ ގާތްކުރާ އަދަދަކަށް ފައިސާ ހުއްޓެވެ.

ފުލުުހުން ބުނީ ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލި މައްސަލަ މިއަދު ހެނދުނު 8:15 ގައި އެ މުއައްސަސާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ ޓީމެއް އެރަށުގައި ހަރަކާތްތެރިވަމުން ދާކަމަށް ވެސް ފުލުހުން ބުންޏެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް