ގައިދީއަކު މަރުވުމާއި ގުޅިގެން ކުއްލި މައްސަލަ އެއް މަޖިލީހަށް

Loading

Facebook
Twitter
WhatsApp

 

 

ހުޅުމާލޭ ޖަލުގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު ކުއްލިގޮތަކަށް ރޭ މަރުވި މައްސަލައިގައި ކަމާ ބެހޭ ފަރާތްތަލުން އިހުމާލު ވެފައިވާކަމަށް އާއިލާއިން ކުރާ ތުހުމަތު ތަހުގީގުކޮށްދިނުމަށް ގޮވާލާ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމުން ބަލައިގަތީ 24 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

މި މައްސަލައިގައި ބުނެފައިވަނީ ތިން އަހަރުގެ ޖަލުގެ ހުކުމެއް ތަންފޯޒްކުރަމުންދިޔަ ގދ. ވާދޫ  ޖަނަވަރީގޭ، މުހައްމަދު އަސްލަމް 40، ކުއްލި ގޮތަކަށް ރޭ މަރުވިއިރު އޭނާގެ މަރު އާއިލާއަށް ނާންގައި ސިއްރުކުރަން މަސައްކަތް ކޮށްފައިވާކަމަށެވެ.

އާއިލާއާ ހަވާލާދީ އާދަމް ޝަރީފް ވިދާޅުވީ އަސްލަމް އިއްޔެ ހަވީރު 5:00 ޖެހިއިރު ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އަދި ގައިދީއަކަށް އިމަޖެންސީ ހާލަތެއް ދިމާވާ ހާލަތުގައި ގުޅާނެ ނަންބަރެއް ހިއްސާ ކޮށްފައި އޮންނައިރު ވެސް އާއިލާއަށް އަންގާފައި ނުވާ ކަމަށެވެ.

އަދި އަސްލަމަށް ކަމެއް ވެގެން އުޅޭކަން އާއިލާއަށް އެނގުނީ ވެސް ރޭ 7:00 ޖެހި އިރު އާންމު މީހަކު ދިން މައުލޫމާތުތަކުން ކަމަށެވެ.

އަދި ހޮސްޕިޓަލަށް ގޮސް ކަރެކްޝަން އޮފިސަރުންގެ ކިބައިން މައުލޫމާތަށް އެދުމުން ހަމައެކަނި ބުނީ ފަރުވާ ދެމުން އަންނަ ކަމަށާ އެހެން މައުލޫމާތެއް ނުދިންކަމަށެވެ.

އަސްލަމްގެ އާއިލާއިން ބުނާ ގޮތުގައި އަސްލަމް މަރުވިކަން އެނގުނީ ގަދަ ކަމުން އޭނާ އޮތް ކޮޓަރިއަށް ވަނުމުން ކަމަށާއި އޭރު އަސްލަމް މަރުވިތާ އެތައް އިރެއްވެފައިވާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ އިމެޖެންސީ ހަލާތުގައި އަމަލު ކުރަން ޖެގޭ ގޮތް ނޫން ކަމަށެވެ. އަދި އާދަމް ޝަރީފް ވަނީ އަސްލަމްގެ މަރުގެ މިނިވަން ތަހުގީގެއް ހިންގައި އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އެދި ވަޑައިގެންފައެވެ.

މި މައްސަލައާ ގުޅިގެން ކަރެންޝަނުން ބުނެފައިވަނީ އަސްލަމް ރޭ ގާތްގަނޑަކަށް 6:00 ޖަހާ އެހާކަށްހާއިރު ޔާޑު ސަރަހައްދުގައި އިށީދެގެން އިންދާ ކުއްލިއަކަށް ވެއްޓުމާ ގުޅިގެން އިމަޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އަދި ހޮސްޕިޓަލުން ބެލުމަށްފަހު އޭނާ ނިޔާވެފައިވާ ކަމަށް ރޭ 20:23 ގައި މައުލޫމާތު ދީފައިވާކަމަށެވެ.

ކަރެކްޝަނުން ބުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ އަސްލަމްއަކީ  ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ މީހެއް ނޫންކަމަށެވެ.
އަސްލަމް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް އަންގާފައިވާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް