ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން  ވިއްކާ ބިންތައް ގަތުމަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

    ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން މާލެއިން ދައުލަތަށް މިލްކް ވެފައިވާ ބިންތައް  ގަތުމަށް އެދުމުގެ މުއްދަތު އިތުރުކޮށްފިއެވެ. ހައުސިން މިނިސްޓްރީން ވަނީ  ވެށިފަހި ޕްރްގްރާމްގެ ދަށުން ވިއްކާ 80 ބިމެއް އަކަފޫޓަކަށް 2000 ރުފިޔާގެ މަގުން ވިއްކުމަށް އިއުލާން ކޮށްފައެވެ. ހައުސިން މިނިސްޓްރީން ބުނީ ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލުގެ ދަށުން، ވިއްކުމަށް ކަނޑައަޅާފައިވާ ބިންތައް ގަތުމަށް ފުރުސަތު ހުޅުވާފައި ވަނީ އެ ބިންތައް ހިމެނޭ ގޯތިތަކުގެ […]

ސުލްތާނުގެ ޖަނާޒާ ރަސްމީ އިއްޒަތުގައި މިއަދު ބާއްވާނެ

  ތަމްރީނެއް ހެދުމަށް އިންޑިއާގައި ހުއްޓާ ނިޔާވި ލާންސް ކޯޕްރަލް މުހައްމަދު ސުލްތާންގެ ޖަނާޒާ ރަސްމީ އިއްޒަތުގައި މިއަދު ބޭއްވުމަށް ނިންމައިފިއެވެ. އެމްއެންޑީއެފްއިން ބުނީ ސުލްތާންގެ ހަށިގަނޑު މިއަދު މެންދުރު ރާއްޖެ ގެނެސް މިހާރުވަނީ އާސަހަރާއަށް ގެންގޮސްފައެވެ. އަދި މިއަދުގެ އަސުރު ނަމާދަށްފަހު ޖަނާޒާގެ ކަންކަން ކުރިއަށްގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނައިރު ޖަނާޒާ ބާއްވާނީ ރަސްމީ އިއްޒަތުގައި ކަމަށް އެމްއެންޑީއެފްން  މައުލޫމާތު ދެއެވެ. ސުލްތާން ނިޔާވެފައިވަނީ އިންޑިއާގެ ޕޫނޭގައި ހުންނަ ނޭޝަނަލް ޑިފެންސް އެކަޑެމީގައި އޮފިސާ ކެޑޭޓް […]

ރާއްޖެ ޓްރާސްޕޯޓް ލިންކަށް ފުރަތަމަ ފެރީ ލޯންޗްކޮށްފި

    ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އަށް ބޭނުންވާ ފުރަތަމަ ފެރީ އުޅަނދު މިއަދު ލޯންޗުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ މި ލޯންޗަށް އިންޖީނު އަޅައި ޓެސްޓްކުރުމަށްފަހު މި ހަފުތާގެ ތެރޭގައި އަޖުމަބެލުމުގެ ދަތުރުތައް ފެށޭނެކަމަށެވެ.   ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ޒަމާނާ އެއްގޮތަށް ގުޅައިލުމަށް ކުރާ މަސައްކަތުގެ ތެރެއިން ސަރުކާރުގެ އަމާޒަކީ ދަތުރު ފަތުރުގެ ނިޒާމުން ގުޅާލާ ފުރަތަމަ ޒޯން (ހއ. ހދ. އަދި ށ) ގެ ދަތުރުތައް މި އަހަރުގެ ނޮވެމްބަރު […]

އިލްމީ ކުރިއެރުމާއިބެހޭ ބައިނަލް އަގްވާމީ މަހާސިންތާ ފަށައިފި

  އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ބާއްވާ އިލްމީކުރިއެރުމާބެހޭ ބައިނަލް އަގްވާމީ މަހާސިންތާ ފަށައިފިއެވެ. އިލްމު ހިއްސާކޮށް އުނގެނުމަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުމަށް އައިޔޫއެމްއިން ސިލްސިލާކޮށް ބާއްވަމުން އަންނަ ބައިނަލްއަގްވާމީ މިމަހާސިންތާ އަކީ  ދިވެހިރާއްޖޭގަ ބޭއްވާ މިފަދަ ބައިނަލްއަގްވާމީ އެންމެ ބޮޑު މަހާސިންތާއެކެވެ. މިއަހަރުގެ މަހާސިންތާގަ 23 ޤައުމަކުން 300ގާތްކުރާ އަދަދަކަށް ބައިވެރިން ބައިވެރިވެއެވެ. މީގެތެރޭގަ ސިޔާސަތުތަށް އެކުލަވާލުމަށް މަސައްކަތްކުރާ ފަރާތްތަކާ، ތަޢުލީމު ދިނުމުގަ މަސައްކަތްކުރާ ފަރާތްތަކާ ލެކްޗަރާއިންނާ ޕްރޮފެސަރުންގެ އިތުރުން، އެކި ދާއިރާތަކުން […]

އައްޑޫ މާރާމާރީ: ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

  މިދިޔަ ހުކުރު ދުވަހު އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރީއަށް ނިމެންދެން ބަންދުކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެދަށުން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ފުލުހުން ބުނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރީ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ. އައްޑޫ ސިޓީ ފުލެޓް ސަރަހައްދުގައި މިދިޔަ ހުކުރު […]

ތިނަދޫގެ މަޝްރޫއުތަށް ކުރިއަށް ނުގެންދާތީ ސަނީފްގެ ފާޑުކިއުން އަސްލަމަށް

  ގދ ތިނަދޫގެ މަޝްރޫއުތައް ކުރިއަށް ނުދާތީ ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުއްލާ ސަނީފް ހައުސިން މިނިސްޓަރު މުހަމަދު އަސްލަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވައިފިއެވެ.   ވ. ފެލިދޫގެ ރަށް ގިރުން ހައްލު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ކުރިއަށް ގެންދިޔަ ގަރާރުގެ ބަހުސްގައި ވާހަކަފުޅުދައްކަވަމުން ސަނީފް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރަން މިނިސްޓަރު އަސްލަމް އެކަށީގެންވާ މަސައްކަތެއް ނުކުރައްވާ ކަމަށެވެ. ”އަޅުގަނޑު ހާއްސަކޮށް ފާހަގަކޮށްލަން ޕްލޭނިން […]

އިހުތިޖާޖުގައި ފުލުހުން މީޑިއާއަށް ހުރަސް އަޅާފައިވާތީ އިނދިކޮޅުން އެކަން ކުށްވެރިކޮށްފި

  އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިރޭ ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖުގައި ފުލުހުންގެ ފަރާތުން ނޫސްވެރިންނަށާއި، އާންމުންނަށް ލިބުނު އަނިޔާ އެ ކޯލިޝަނުން ކުށްވެރިކޮށްފިއެވެ. އެ ކޯލިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސުލްހަވެރިކަމާއެކު މިރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖު ރޫޅާލުމަށް ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުންކޮށްފައިވާ ކަމަށާ އެކަމުގެ ސަބަބުން ނޫސްވެރިންނަށާއި އިހުތިޖާޖުގެ ބައިވެރިންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. ”އެގޮތުން މުޒާހަރާގެ ދެ ބައިވެރިއެއްގެ ފައި މަތީ ޝީލްޑުން ޖެހުމުގެ ސަބަބުން […]

ފިޔަވަތީގެ މައްސަލަ ރިޕޯޓްކޮށްފައިވާގޮތް މަޖިލީހުން ބަލަން ނިންމައިފި

  ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބައިތިއްބާ ފިޔަވަތީގެ މައްސަލައިގައި ނޫސްވެރިން އަމަލު ކޮށްފައިވާ ގޮތް ރަގަޅުނޫންކަމަށް ބުނެ، އެ މައްސަލަ ބަލައި ދިނުމަށް އެދި މޯލްޑިވްސް މީޑިއާ ކައުންސިލަށް ފޮނުވަން ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފިއެވެ. ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުންނާއި އެޗްއާރްސީއެމް އިން އެކުލަވާލާފައިވާ ކުއްލި ރިފޯޓު ވަނީ ދިރާސާ ކޮށްފައެވެ. އެ ބައްދަލުވުމުގައި […]

މަރުއްވަރީގައި އާންމުން ދިރިއުޅޭ ގޭގޭގައި ފަތުރުވެރިންކަން ތައާރަފްކުރަނީ

    މ. މަޑުއްވަރީގައި ހޯމް ސްޓޭ ޓްއަރިޒަމް ފެށުމަށް ތައްޔާރުވާން ފަށައިފިއެވެ. ހޯމްސްޓޭ ޓުއަރިޒަމްއަކީ މީހުން ދިރިއުޅޭ ގޭގޭގައި ފަތުރުވެރިން އަގުދީގެން ހުންނަ ބައިތިއްބުމެވެ. ސަރުކާރުން އަލަށް ފެށުމަށް މަސައްކަތް ކުރަމުންދާ ހޯމްސްޓޭ ޓްއަރިޒަމް މަޑުއްވަރީގައި ފެށުމަށް ތައްޔާރުވަމުންދާއިރު މަޑުއްވަރީގައި އަންނަ އަހަރު 50 ކޮޓަރި ހޯމްސްޓޭއަށް ހާއްސަކޮށް ހުޅުވުމަށް އެރަށު ކައުންސިލުން އަނަންނީ މަސައްކަތް ކުރަމުންނެވެ. ހޯމްސްޓޭ ޓުއަރިޒަމް ތައާރަފްކުރުމަށް މަޑުއްވަރީ ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެކަންސިލުން ވަނީ ޓުއަރިޒަމް މިނިސްޓަރު ޑރ. […]

އިޓަލީގައި ދަންޖެހި މަރުވެފައި ހުއްޓާ  ފެނުނު ދިވެހިމީހާގެ މައްސަލަ ފޮރިން މިނިސްޓްރީން ދަނީ ބަލަމުން

  އިޓަލީ މީހަކާ އިނދެގެން އުޅޭ ދިވެހި ފިރިހެނަކު އެގައުމުގައި ދަންޖެހިގެން، މަރުވެފައި ހުއްޓާ އިއްޔެ ފެނުމާއި ގުޅިގެން އެ މަައްސަލަ ފޮރިން މިނިސްޓްރީން އަންނަނީ ވަރަށް ގާތުން ބަލަމުންކަމަށް އެ މިނިސްޓްރީން މިއަދު ބުނެފިއެވެ. އިޓަލީގެ މިލާނުގައި މަރުވެފައި ހުއްޓާ ފެނުނީ ނޮޅިވަރަމްފަރު ވައިމަތީގޭ މަހުމޫދު އިމާދު 44، އެވެ.  އިޓަލީގައި ދިރިއުޅޭ ބައެެއް ދިވެހިންނާ ހަވާލާދީ ބައެއް ނޫސްރިޕޯޓްތަކުން ބުނާގޮތުން އިމާދު އަށް ވަރަށް ބޮޑަށް އަނިޔާކޮށް މަރާލުމަށްފަހު ވަނީ ދަންޖައްސާފައެވެ. މި މައްސަލައާ […]