ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން  ވިއްކާ ބިންތައް ގަތުމަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

290

 

 

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން މާލެއިން ދައުލަތަށް މިލްކް ވެފައިވާ ބިންތައް  ގަތުމަށް އެދުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ވަނީ  ވެށިފަހި ޕްރްގްރާމްގެ ދަށުން ވިއްކާ 80 ބިމެއް އަކަފޫޓަކަށް 2000 ރުފިޔާގެ މަގުން ވިއްކުމަށް އިއުލާން ކޮށްފައެވެ.

ހައުސިން މިނިސްޓްރީން ބުނީ ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލުގެ ދަށުން، ވިއްކުމަށް ކަނޑައަޅާފައިވާ ބިންތައް ގަތުމަށް ފުރުސަތު ހުޅުވާފައި ވަނީ އެ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނަށާއި އެ ބިންތަކާއި އިންވެގެންވާ ގޯތިތަކުގެ ވެރިންނަށް ކަމަށެވެ.

 

މި ބިންތައް ގަންނަން ޝައުގުވެރިވާ ފަރާތްތަކުން ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލުގައިވާ ފޯމު ފުރިހަމަކޮށް، ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލުގައިވާ ފޯމާއެކު ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ އެންމެހާ ލިޔެކިޔުންތަކާއެކު މުއްދަތު ހަމަވުމުގެ ކުރިން އެކަމަށް އެދުމަށް ޕްލޭނިން މިނިސްޓްރީން ވަނީ އެދިފައެވެ.

 

ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދުމުގެ މުއްދަތު ވަނީ އަންނަ މަހުގެ 19 ގެ ނިޔަލަށް އިތުރުކޮށްފައެވެ.  ޕްލޭނިން މިނިސްޓްރީން ކުރިން އިއުލާން ކޮށްފައިވަނި މި މުއްދަތު މިއަދަށް ހަމަވާ ގޮތަށެވެ.

 

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލުގައިވާ ފޯމާއި ވިއްކާ ބިމުގެ ޗާރޓް އެ މިނިސްޓްރީގެ ވެބްސައިޓުން  ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ބިންތައް ވިއްކުމުގައި ޢަމަލުކުރާނީ 28 ޖޫން 2021 ގައި އާއްމުކޮށް ގެޒެޓުގައި އިއުލާނުކޮށްފައިވާ ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލާ އެއްގޮތަށެވެ.

 

ވެށިފަހި ޕްރޮްގްރާމްގެ ދަށުން ވިއްކާ މި ބިންތަކަކީ މާލޭގައި ކުޑަ ބިންތައް ތިބި ފަރާތްތަކުން އެ ބިންތައް ސަރުކާރަށް ދިނުމަށްފަހު ބަދަލުގައި ހުޅުމާލެއިން ގޯއްޗެއް ދީފައިވާ ފާރާތްތަކުން މާލެއިން ދޫކޮށްފައިވާ ކުޑަ ބިންތަކވެ.

ސަރުކާރުން ނިންމާފައިވަނީ މި ބިންތައް ވިއްކުމުގައި ފުރަތަމަ އެ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނަށާއި އެ ބިންތަކާއި އިންވެގެންވާ ގޯތިތަކުގެ ވެރިންނަށް ފުރުސަތު ދޭގޮތަށެވެ.

 

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ