އިޓަލީގައި ދަންޖެހި މަރުވެފައި ހުއްޓާ  ފެނުނު ދިވެހިމީހާގެ މައްސަލަ ފޮރިން މިނިސްޓްރީން ދަނީ ބަލަމުން

Loading

Facebook
Twitter
WhatsApp

 

އިޓަލީ މީހަކާ އިނދެގެން އުޅޭ ދިވެހި ފިރިހެނަކު އެގައުމުގައި ދަންޖެހިގެން، މަރުވެފައި ހުއްޓާ އިއްޔެ ފެނުމާއި ގުޅިގެން އެ މަައްސަލަ ފޮރިން މިނިސްޓްރީން އަންނަނީ ވަރަށް ގާތުން ބަލަމުންކަމަށް އެ މިނިސްޓްރީން މިއަދު ބުނެފިއެވެ.

އިޓަލީގެ މިލާނުގައި މަރުވެފައި ހުއްޓާ ފެނުނީ ނޮޅިވަރަމްފަރު ވައިމަތީގޭ މަހުމޫދު އިމާދު 44، އެވެ.  އިޓަލީގައި ދިރިއުޅޭ ބައެެއް ދިވެހިންނާ ހަވާލާދީ ބައެއް ނޫސްރިޕޯޓްތަކުން ބުނާގޮތުން އިމާދު އަށް ވަރަށް ބޮޑަށް އަނިޔާކޮށް މަރާލުމަށްފަހު ވަނީ ދަންޖައްސާފައެވެ.

މި މައްސަލައާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ އިމާދުގެ މަރުގެ މައްސަލަ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާ މި މައްސަލައާ ގުޅިގެން އޭނާގެ އާއިލާއަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަންވެސް އެމީނިސްޓްރީން ފޯރުކޮށްދޭނެކަމަށެވެ.

ނޮޅިވަރަމްފަރު މީހަކު ބުނީ އެއަތޮޅު މާވައިދުއަށް އުފަން އިމާދު ދިރިއުޅެމުން އައީ ނޮޅިވަރަމްފަރުގައި ކަމަށާ އޭނާ އިޓަލީގެ މީހަކާ އިނދެގެން އުޅޭތާ 10 ވަރަށް ވުރެވެސް ގިނަ ދުވެސް ވެދާނެކަމަށެވެ. އަދި  އިމާދުގއަންހެނުންނާއި ބަފައިބެ މިދުވަސްކޮޅު އުޅެމުން އައީ ނޮޅިވަރަމްފަރުގައި ކަމަށް ވެސް އެމީހާ ބުންޏެވެ.

އިޓަލީގެ ޕާސްޕޯޓް ވެސް އޮތް އިމާދު މަރުވިއރު ދިޔައީީ ރަށުގައި ގެސްޓް ހައުސްއެއް އެޅުމުގެ މަސައތްވެސް ކުރަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް