ފިޔަވަތީގެ މައްސަލަ ރިޕޯޓްކޮށްފައިވާގޮތް މަޖިލީހުން ބަލަން ނިންމައިފި

40

 

ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބައިތިއްބާ ފިޔަވަތީގެ މައްސަލައިގައި ނޫސްވެރިން އަމަލު ކޮށްފައިވާ ގޮތް ރަގަޅުނޫންކަމަށް ބުނެ، އެ މައްސަލަ ބަލައި ދިނުމަށް އެދި މޯލްޑިވްސް މީޑިއާ ކައުންސިލަށް ފޮނުވަން ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފިއެވެ.

ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުންނާއި އެޗްއާރްސީއެމް އިން އެކުލަވާލާފައިވާ ކުއްލި ރިފޯޓު ވަނީ ދިރާސާ ކޮށްފައެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް ވިދާޅުވީ ފިޔަވަތީގައި ހިނގާ ދިޔަ ހަމަނުޖެހުމުގެ ތެރޭގައި ބައެއް މީޑިއާ ތަކުން އަމަލު ކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ހުކުރުދުވަހު ފިޔަވަތީގައި ހިނގައިދިޔަ ހާދިސާގެ ވީޑިއޯއާއި ފޮޓޯތައް އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތަކުން ހިއްސާކޮށްފައިވަ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށާ އެ މައްސަލަ ބަލަންޖެހޭ ކަމަށެވެ.

އަދި މާލޭ ސިޓީ ކައުންސިލްގެ މެންބަރެއް ފިޔަވައްޗަށް ވަޑައިގެން، ކުދިންނާ މުއާމަލާތްކޮށް، ފިޔަވަތީގެ ތެރެއަށް އިތުރު މީހުން ވެއްދުމަށް މަސައްކަތް ކުރެއްވި ކަމަށް ވެސް މުމްތާޒު ވިދާޅުވިއެވެ.

އެހެންކަމުން އެ ކައުންސިލަރުގެ މައްސަލަ ބަލައި ދިނުމަށް އެދި އެލްޖީއޭ އަށް ފޮނުވުމަށްވެސް މުމްތާޒު އެދިލެއްވިއެވެ.

މެންބަރު މުމްތާޒުގެ އެ ދެ ހުށަހެޅުންވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހުގެ ހަވީރު ފިޔަވަތީގައި ހަމަނުޖެހުން ހިނގަމުން ދިޔަ ވަގުތު މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެ ސަރަހައްދަށް ވަޑައިގެން ހަރަކާތްތެރި ވެފައެވެ. އަދި ސުޖާ ވަނީ ފިޔަވަތީގެ ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ވާހަކަފުޅުވެސް ދައްކަވާފައެވެ.

 

1 ހިޔާލު

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ