އިލްމީ ކުރިއެރުމާއިބެހޭ ބައިނަލް އަގްވާމީ މަހާސިންތާ ފަށައިފި

Loading

Facebook
Twitter
WhatsApp

 

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ބާއްވާ އިލްމީކުރިއެރުމާބެހޭ ބައިނަލް އަގްވާމީ މަހާސިންތާ ފަށައިފިއެވެ.

އިލްމު ހިއްސާކޮށް އުނގެނުމަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުމަށް އައިޔޫއެމްއިން ސިލްސިލާކޮށް ބާއްވަމުން އަންނަ ބައިނަލްއަގްވާމީ މިމަހާސިންތާ އަކީ  ދިވެހިރާއްޖޭގަ ބޭއްވާ މިފަދަ ބައިނަލްއަގްވާމީ އެންމެ ބޮޑު މަހާސިންތާއެކެވެ.

މިއަހަރުގެ މަހާސިންތާގަ 23 ޤައުމަކުން 300ގާތްކުރާ އަދަދަކަށް ބައިވެރިން ބައިވެރިވެއެވެ. މީގެތެރޭގަ ސިޔާސަތުތަށް އެކުލަވާލުމަށް މަސައްކަތްކުރާ ފަރާތްތަކާ، ތަޢުލީމު ދިނުމުގަ މަސައްކަތްކުރާ ފަރާތްތަކާ ލެކްޗަރާއިންނާ ޕްރޮފެސަރުންގެ އިތުރުން، އެކި ދާއިރާތަކުން ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުން ބައިވެރިވެއެވެ.

މިއަހަރުގެ މަހާސިންތާ ފައްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުންހަޔާ  އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހިމް ހަސަންވިދާޅުވީ  މި މަހާސިންތާއަކީ އާ ގިނަ މައުލޫމާތުތަކެއް އުނގެނުމަށް ލިބޭ ޕްލެޓް ފޯމެއް ކަމަށާ މި މަހާސިންތާގ ސަބަބުން ޤައިމުތަކުގެ ގުޅުން އިތުރަށް ބަދަހިވެ، އިލްމު އުނގެނުމަށް އިތުރު ދޮރުތަށް ހުޅުވިގެންދާކަމަށެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި މަހާސިންތާގައި އެކި ދާއިރާތަކުން 44 ކަރުދާސް ހުށަހަޅާނެއެވ. އެގޮތުން  ތައުލީމު، މެނޭޖްމަންޓް، އިޤްތިސާދާ މާލީ ކަންކަން، ފަތުރުވެރިކަން، ތިމާވެށި އަދި ކޮވިޑް 19ގެ ހާާލަތާގުޅޭ ކަރުދާތައްވެސް މިއަހަރުގެ މަހާސިންތާގަ ގައި ހުށަހެޅުމަށް ވަނީ ނިންމާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް